ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ކެމްޕޭނަށް ދިޔައީ ރައީސް އޮފީހުން އަންގައިގެން!

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަންގެ މަޤާމު ފުރުއްވަމުންދާ ޑރ. އިބްރާޙިމް ޙަސަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި ދަތުރުގައި ބައިވެރިވީ ރައީސް އޮފީހުން އަންގައިގެންކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިސަރުކާރުގެ އެންމެ ބޮޑު އެއްކާމިޔާބީ ހާސިލްކުރި މިނިސްޓަރުކަމުގެ މަޤާމު ފުރުއްވަމުންދާ އިބްރާހިމް ހަސަނަކީ ރައީސް މައުމޫންގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ރައީސް މައުމޫގެ އަރިސް ބޭފުޅެކެވެ. އޭނާ ވަނީ ކެމްޕެއިނަށް ފުރުމުގެ ކުރިން އެމްއާރުއެމްގެ ވަޓްސް އަޕް ގްރޫޕުގައި މިދަތުރުދާން އުޅޭކަން ލިޔުއްވާފައެވެ.

މިކަމާއި ގުޅޭގޮތުން ފިޔަ އޮންލައިނަށް މައުލޫމާތު ދެއްވި އެމްއާރުއެމްގެ އޮފިޝަލަކު ވިދާޅުވީ ޗަބީ މިދަތުރުގައި ބައިވެރިވީ ސީދާ ރައީސް އޮފީހުން އަންގަވައިގެންކަމަށެވެ. މިދަތުރުގައި ކެބިނެޓް ވަޒީރުން ބައިވެރިވުމަށް އެންގި އެންގުމަށް ނޫނެކޭ ނުބުނާންވެގެން އޭނާ ބައިވެރިވީކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިބްރާހިމް ހަސަނަކީ ރައީސް ޞާލިހަށް މިސަރުކާރުގެ ގިނަ ވަޒީރުން ތާއީދުކުރާކަން ހާމަކުރި ނަމަވެސް މިހާތަނަށްވެސް ރައީސަށް ތާއީދުކުރާކަން ހާމަ ނުކުރާ ވަޒީރެއްކަން ފާހަގަކޮށްލެވެއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ރައީސް ޞާލިހާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރިއަށް ނުދިއުމަށް ވަނީ ނިންމާފައެވެ. މިނިންމުމާއި ދެކޮޅަށް ރައީސް ޞާލިހަށް ތާއީދު ކުރާ އެމްއާރުއެމްގެ ސްލޮޓްތަކުގައި ތިބި ބައެއް ބޭފުޅުން ވަނީ އެޕާޓީން ވަކިވެފައެވެ.

އެމްއާރުއެމްއިން ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެ ވަކި ގޮތެއް އަދިވެސް ނިންމާފައި ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަޅުންގެ އަޅުން ޖެހޭނީ ވަޒީފާ ބެޔިނުންނަމަ އަޅުވެތިކަން ޚިޔާރުކުރަންތާ އެނޫން ކަމެއް ނޯންނާނާނެތާ ކެންޕިއަނުގާ އެބަޖެހޭތާ މީހުންތިބިކަން ދައްކަން، ދެން ބުނާނެ ކޯލިސަން ދަމަހައްޓަމޭ، ޕާޓީއަކުން ކޮންމެސް އެކަކު ބިޑިއަޅުވައިގެން ގެންގުޅޭނެ، ދެން އެއޮތީ ކޯލިސަން ދެމިގެން ގޮސްފަޔޯ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު