މިސަރުކާރުން ކުރާކަމަކީ ދޮލަނގަށް ރާއްޖެލައިގެން، ދުނިޔޭގެ ހަތަރު ބިތަށް ރާއްޖެ ވިއްކުން ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރ ޝާހިދަށް ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ރައްދު ދެއްވައިފިއެވެ.
އޭނާ މިހެން ވިދާޅުވީ ރޭ އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވާ ބައެއް ބޭފުޅުން އުޅުއްވަނީ "ބޮލަށް ދޮލަނގެއް ލައިގެން، ދޮލަނގަށް ފިތުނަ ލައިގެން" ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.
އާދަމް ޝަރީފް ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ދިވެހިންގެ ދިވެހިރާއްޖެ ދިވެހިންގެ އަތުން ބީވާ ހިސާބަށް ކަންކަން ދުއްވާލާފައިވާކަމަށެވެ. މިނިސްޓަރ ޝާހިދު އިސްކޮށް ހުންނަވައިގެން ކުރައްވާ ކަމަކީ ރާއްޖެ ދޮލަނގަށް ލައިގެން ދުނިޔޭގެ ހަތަރު ބިތަށް ރާއްޖެ ވިއްކުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިސަރުކާރުން ކުރާކަމަކީ ދޮލަނގަށް ރާއްޖެލައިގެން، ދުނިޔޭގެ ހަތަރު ބިތަށް ރާއްޖެ ވިއްކުން. ދިވެހިންގެ ސިޔާދަތާއި ރާއްޖޭގެ މަސްކަނޑު ވިއްކައިފި! ދިވެހީންގެ ރާއްޖެ ދިވެހިންނަށް ހޯދައި ދެވޭނީ ޕީޕީއެމްގެ ކެނޑިޑޭޓް ރައީސް ޔާމީނަށް.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
ފިތުނަ ވިއްކަން ތިބި ފަރާތްތަކުގެ ބޭނުމަކީ ޝާހިދު ވިދާޅުވި ގޮތުގައި ގައުމުގައި ބިރުވެރިކަމާއި ނާމާންކަން އުފެއްދުމާއި ޒުވާން ޖީލު ހަލާކުކޮށްލުމެވެ. މިފަދަ ތުހުމަތުތަކެއް ކުރެއްވި ނަަމަވެސް ވާދަވެރި އެއްވެސް ފަރާތެއްގެ ނަމެއް އޭނާ ފާހަގައެއް ނުކުރައްވައެވެ.