29 އެޕްރީލް 2025

އިންޑިއާގެ ބާޖުގެ މައްސަލަ ބަލަމުންދަނިކޮށް ފުރުމަކީ ދިވެހިން ވިސްނަންޖެހޭ ކަމެއް: އުޝާމް

ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ ބާޖެއް، މިދިޔަ ހުކުރު ދުވަހު އެ ރަށުގެ ފަރަށް އެރި މައްސަލަ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތަހުގީގުނުކޮށް އުޅެނިކޮށް، އެ ބާޖު މިއަދު ރާއްޖެ އިން ފިލައިގެން ދިއުމަކީ ދިވެހިން ނުހަނު ބޮޑަށް ވިސްނަން ޖެހޭ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގެ ފަރަށް އެރީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް (އެމްއެމް އެކްޕޯސްޓް)ގެ ބާޖެކެވެ. އެބާޖުގެ މައްސަލަ ބަލަމުން ދަނިކޮށް މިއަދު ވަނީ ފުރައިިގެން ގޮސްފައެވެ. މިކަމާއި ގުޅިގެން އުޝާމް ވިދާޅުވީ މިއީ ދިވެހިން މިއަދު ނުހަނު ވިސްނާލަންޖެހޭ ކަމެއްކަމަށެވެ. ބޭރުގެ ބައެއް ކުންފުނިތައް ރާއްޖޭގެ މުވައްސަސާތަކަށްވުރެ ބާރުގަދަވުމަކީ ދިވެހިންގެ މިނިވަންކަމާއިމެދު ވިސްނާލަންޖެހޭ ކަމެއްކަމަށް އުޝާމް ވިދާޅުވިއެވެ.

ބޭރުގެ މިފަދަ ކުންފުނިތައް މިއަދު މިގައުމުގެ މުއައްސަސާތަކަށް ވުރެ ބާރު ގަދަވުމަކީ ދިވެހިން މިއަދު ވިސްނާލަންޖެހޭ ކަމެއް. މިއީ މިސަރުކާރަށް ކުރިއަށް އޮތް އިންތިހާބުގަ ނޫނެކޭ ބުނަންޖެހޭ އިތުރު އެއް ސަބަބު.

– އުޝާމް ވިދާޅުވިއެވެ.

އެންވާރުމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭ އަކީ މިނިވަން ތަނަކަށް ހެދައިދޭނެކަމަށް ރައީސް ޞާލިހު ވީ ވައުދު އަދިވެސް އޮތްތަނެއްވެސް ނޭގޭކަމަށް އުޝާމް ވިދާޅުވިއެވެ.

EPA އަކީ ފުރިހަމަ އިހްތިޔާރާއި ބާރު ލިބިގެންވާ މިނިވަން ތަނަކަށް ހެދުން އެއީ ރައީސް ސޯލިހް 2018 ވަނަ އަހަރު ވެފައިވާ ރިޔާސީ ވައުދެއް. ވެރިކަމުގެ 5 އަހަރު ނިމެމުންދާއިރު އެވައުދަށް ވީގޮތެއް ހުދު އެމަނިކުފާނަށްވެސް މިއަދު އެނގޭ ކަމަކަށް ނުވޭ.

– އުޝާމް ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ މިނިވަން މުސްތަޤިއްލު ތަނަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. މިމައްސަލާގައި މިއަހަރު އޭޕްރީލް މަހު މިނިސްޓަރ ޝައުނާއާއި މަޖިލީހުގައި ސުވާލު ކުރުމުން ވިދާޅުވީ (އީޕީއޭ) ހިންގަވަނީ މިނިވަން ކަމާއެކު ކަމަށާއި، އެ އެޖެންސީގެ މައްޗަށް ސިޔާސީ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެކަމަށެވެ. ނަމަވެސް ޝައުނާއަކަށް އެތަން މިނިވަން ވެފައިވާ މިންވަރެއް އަދި ރައީސްގެ ވައުދު ފުއްދަން ކުރެވުނު ކަމެއް ވިދާޅެއް ނުވެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު