އަހަރެން އަދިވެސް މި ހޯދަނީ ބާގަރ ވިއްކާ މީހެއް: ރޮނާލްޑޯ

އަދިވެސް ހޯދަމުން ދަނީ ބާގަރ ވިއްކާ މީހެއް ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

"އަހަރެން އަދިވެސް މި ހޯދަނީ ބާގަރ ވިއްކާ މީހެއް، އެއީ އޭނާ ވަނީ އަހަރެން ފަޤީރެއްގެ ގޮތުގައި، ޙާލުގައި އުޅުނު ދުވަހު އަހަރެންނަށް ކާންދީފައި."

ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ފަޤީރެއްގެ ގޮތުގައި އުޅުނު ދުވަހު އެހީތެރިވެދިން ކަލްޑީނާ ކަލްޑަސް ޕޯޗުގީޒް ޓީވީ ޗެނަލެއްގައިވަނީ ރޮނާލްޑޯގެ އެވާހަކަތަކަށް ޖަވާބު ދީފައެވެ.

ކަލްޑީނާ ބުނެފައިވަނީ، ރޮނާލްޑޯއާމެދު އޭނާ ފަޚްރުވެރިވެ އުފާކުރާކަމަށާއި، އޭނާއަކީ އިންސާނީ ވަންތަކަމުގެ ނަމޫނާ ސިފަތައް ލިބިގެންވާ ލާމަސީލު ޒުވާނެއް ކަމުގައެވެ.

ކަލްޑީނާގެ އޯގާތެރިކަމަށްޓަކައި، ރޮނާލްޑޯ ވަނީ އޭނާ ދެކެ އިންތިހާއަށް ލޯބިވާކަން ހާމަކޮށް، ހިތުގެ އަޑިން ޝުކުރު އަދާކުރާ ވާހަކަ ބުނެފައެވެ. އަދި އެ އޯގާތެރިކަމަށްޓަކައި، ރޮނާލްޑޯގެ އަތްމަތި ތަނަވަސްވި ދުވަހު، ކަލްޑިނާއަށް ވަނީ ޕޯޗުގަލުން އަގުބޮޑު ރެސްޓޯރެންޓެއް ހަދިޔާކޮށްފައެވެ.

ރޮނާލްޑޯއަކީ އިންސާނިއްޔަތު ކަމުގެ ލާމަސީލު މިސާލެކެވެ. އޯގާތެރި ދީލަތި ހިތެއްގެ ވެރިއެކެވެ. ފަލަސްޠީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ދީލަތި އަތެއްގެ ވެރިއެކެވެ. އެތަކެއް ނިކަމެތިންނަށް އަޅާލަމުންދާ އިހްސާންތެރިއެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *