ޝެއިޚް މުޙައްމަދު ޝާފިޢު، ކައިވެނި ކޯޓުގައި ރަޖިސްޓްރީ ކުރަންޖެހޭ ސަބަބު ވިދާޅުވެދެއްވައިފި

ކައިވެންޏާއި ވަރިއަކީ އިސްލާމްދީނުގައި އެކަންކަމުގެ މައްޗަށް ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމެއް ކަމަށް ވިދާޅުވެ، ކައިވެނި ކޯޓުގައި ރަޖިސްޓްރީ ކުރަންޖެހޭ ސަބަބުތައް ޝެއިޚް މުޙައްމަދު ޝާފިޢު ވިދާޅުވެދެއްވައިފިއެވެ.

މިއަދު ފޭސްބުކްގައި ޝެއިޚް ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކައިވެންޏާއި ވަރިއަކީ އިސްލާމްދީނުގައި އެކަންކަމުގެ މައްޗަށް ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމެއް ކަމަށެވެ.

ޝެއިޚް އިތުރަށް ވިދާޅުވީ، ކައިވެނި ކޯޓުގައި ރަޖިސްޓްރީ ކުރަންޖެހޭ ސަބަބަކީ، ކައިވެންޏަކީ އެކަމުގެ މައްޗަށް ވަރަށް ގިނަ އިޖްތިމާޢީ ޙައްޤުތަކެއް ބިނާވާ ކަމަކަށްވާތީ އެ ޙައްޤުތައް ގެއްލޭ ޙާލަތުގައި އޭގެ ޙައްޤުވެރިންނަށް އެ ޙައްޤުތައް ހޯދައިދިނުމަށް ބާރުއެޅުމާއެކު، ނަސަބު އޮޅުންފަދަ ކަންކަމުން މުޖްތަމަޢު ސަލާމަތްކުރެވޭނީ ކައިވެންޏާއި ވަރީގެ ރެކޯރޑްތައް ބަލަހައްޓައި އެކަންކަން ޒިންމާދާރު އިދާރާއެއްގެ ދަށުން ކޮށްގެން ކަމަށްވާތީ ކަމަށެވެ.

https://www.facebook.com/100050362394961/posts/pfbid0USbLaD1MuXtgM9iUcPyggj5eFUjusNEiGRM5yDNrWwoZe9LdCywwPaqd7uYhHN34l/

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު