އިންސާފު ޤާއިމްކުރުމުގެ ބާރަކީ ފަނޑިޔާރުންނަށް ރައްޔިތުން ދީފައިވާ ރައްޔިތުންގެ ބާރެއް ކަމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް މިއަދު ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ. ކ. ހުރާގައި މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި އިންސާފު ޤާއިމްކުރުމުގެ ބާރަކީ ފަނޑިޔާރުންނަށް ރައްޔިތުން ދީފައިވާ ރައްޔިތުންގެ ބާރެއްކަމަށާއި، ރައްޔިތުންނެކޭ އެއްފަދައިން ކޯޓުގެ އަދަބު ސަދަބު ހިފަހައްޓައި ކޯޓުގެ ހުރުމަތް ހިފެހެއްޓުމަކީ ފަނޑިޔާރުންގެވެސް ޒިންމާއެއްކަމުގައި ފާހަގަކުރެއްވިއެވެ.
އަދި ފަސޭހަކަމާއެކު އިންސާފު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ކަމަކީ އިންސާފު ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ޚަރަދު ކުޑަކުރުންކަމާއި އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެކަން އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގައިވެސް ފީ އަކާ ނުލާ މަސައްކަތްކޮށްދެއްވާ ވަކީލުން އެބަ ތިއްބެވިކަމަށާއި، އެބޭފުޅުން އެކުރައްވާ މަސައްކަތުން ރައްޔިތުންނަށް އިންސާފަށް ވާޞިލްވުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާކަން ފާހަގަކޮށް އެބޭފުޅުން ކޮށްދެއްވާ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އުއްތަމަ ފަނޑިޔާރު ޝުކުރު އަދާކުރެއްވިއެވެ.
އަދި ޝަރީޢަތްތަކާ ގުޅުންހުރި ދުވަސްވީ ލިޔުންތައް ފަނޑިޔާރުން ދިރާސާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައި، މިފަދަ ދިރާސާތައް ކުރުމަކީ ފަނޑިޔާރުންގެ ޢިލްމީ ޤާބިލްކަން އިތުރުވެގެން ދާނެކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިފަދަ ދިރާސާތައް ކުރުމަކީ ޢަދަލު އިންސާފު ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ މުހިންމު ޢިލްމީ ވަޞީލަތަކަށް ވެގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.
މިދަތުރުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ދަޢުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު މަސްތޫރު ޙުސްނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު އަލްފާޟިލާ އާމިނަތު އުއްމުކުލްޘޫމް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު އަދި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، އަލްފާޟިލް މުޙައްމަދު ނާޞިޙްގެ އިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގަންނަވައެވެ.
ކ.ހުރާ މެޖިސްޓްރޭޓް ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ 02 ކޮޓަރީގެ ޖާގައިގެ ދަތިކަން ހުރި ޢިމާރާތެއްގެ ތެރޭގައެވެ. އެގޮތުން ޝަރީޢަތްތައް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިދާރީ ހިންގުމާގުޅޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓަމުން ގެންދިޔައީ ވަރަށް ދަތިކޮށެވެ.
އެހެންނަމަވެސް، މިއަދު ރަސްމީކޮށް ބޭނުންކުރަން މިފެށުނު ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ފަރުމާކުރެވިފައިވަނީ، މިހާރުގެ ޤާނޫނުތަކުން ތަސައްވަރު ކުރާ ފަދަ ގޮތަކަށް ޝަރީޢަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި ވަސީލަތްތައް ހިމެނޭ ގޮތަށެވެ. އެގޮތުން ޝަރީޢަތްކުރާނެ މާލަމަކާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ވަކިން ޚާއްޞަކުރެވިފައިވާ ބައިތަކުގެ އިތުރުން ސްޓޭންޑަރޑް ކޯޓެއްގައި ފުރިހަމަވާންޖެހޭ ގިނަ ކަންކަން ހިމެނޭގޮތަށެވެ. އޭގެ ތެރޭގައި ޝަރުޢީ ލިޔެކިޔުންތައް އަރުޝީފް ކުރާނެ ޖާގައިގެ އިތުރުން ޢާންމުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ފަސޭހަވާނެހެން ރިސެޕްޝަން އޭރިއާއަކާއި ވެއިޓިންގ އޭރިއެއް މިކޯޓުގައި ހިމެނެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އަޅުގަންގަޑު.އަހުމަދުމުއުތަސިމުވިދާޅުވާހަކަތައްސުކުރުއަދާކުރައްހިތާމައާއެކުމުނެލައްބޭނުއްވާއައްހަރާންނީކީންވެގެއްތޯއޭ)ރައިސްޔާމީނައްއިންސާފުވެރިނުލެއްވީ.މިހެއްމޮބުނައްމިޖެހުނީކުރިމިނަލްކޯޓުއްއިއްވިހުކުމަކީހަރާން.ހުކުމެއްކައްރާއްޖޭގެހުރިހާރައްޔިތޫއްނައްވެސްއެގޭ).އެއީ.އެކޯޓުއްރައިސްޔާމީނައް)ހުކުއްއިއްވާފަވަނީސަބަބުވެރުހިކުމެކެވެއޭގެއަނެއްސަބަބަކީރައިސްޔާމީނުކަފާލާތުދަސުއްދޫކޮއްނުލުމާއިއެކިއެކިފގޮތްގޮތައްބައެއްފަޑިޔާރުއްރައިސްޔާމީނަ‘އް))ގައެރުގާނޫނީހުކުއްކުރާތީއެވެ).ހަމަގާމުވެސްއަދުލުއިންސާފައްހުކުއްކުރާނަމަ
ރައިސްޔާމީނަކައްޖަލުހުމެއްނާއްނާނެ