30 އެޕްރީލް 2025

ނަޝީދު، ބުރާސްފަތި ދުވަހުގެރޭ ޑިމޮކްރެޓްސް އަށް ސޮއިކުރަނީ!

އެމްޑީޕީ ތެރޭގައި އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން އެޕާޓީން ވަކިވެފައިވާ، ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އުފައްދާފައިވާ ދަ ޑިމޮކްރަޓިކްސްއަށް ބުރާސްފަތި ދުވަހުގެރޭ ސޮއި ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީގެ ރައީސްކަމުގެ މަގާމުންނާއި އެ ޕާޓީގެ މެމްބަރުކަމުގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވައި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލަށް ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުންނެވުން "އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ޑިމޮކްރެޓްސް އާއި ގުޅެނީ އެކަމަށްޓަކައި ޚާއްސަކޮށްގެން ބްރާސްފަތި ދުވަހުގެރޭ އާޓްފިޝަލް ބީޗުގައި ބާއްވާ ޚާއްސަ ޖަލްސާއެއްގައެވެ. މިޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއަރޕަސަންގެ މަޤާމުވެސް އަދާކުރައްވައިފައެވެ. އަދި ގިނަ ޕާޓީތަކެއް ވާދަކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޙާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވީ އެމަނިކުފާނު ރިޔާސީ ކެނޑިޑޭޓަކަށް ހުންނަވައިގެނެވެ.

ރައީސް ނަޝީދަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ޞާލިހު ބަލި ކުރެއްވުމަށް އެންމެ ވަރުގަދައަށް މަސައްކަތަށް ނިކުންނަވާފައިވާ ބޭފުޅާއެވެ. ރައީސް ނަޝީދު ވަރަށް އިތުބާރާއިއެކު ވިދާޅުވަމުންދަނީ ރައީސް ޞާލިހު މިއިންތިޚާބުގައި ފަސޭހަ ކަމާއިއެކު ބަލި ކުރައްވާނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު