މިސަރުކާރުގެ ރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ ރާއްޖެއަށް ވަޑައިގަންނަވާނީ މިއަދު މެންދުރުފަހު 1:00 ހާއިރު އެވެ.
އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ގޯނާއާ ގުޅޭ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ދައުލަތުން ވަނީ ނިންމާފައެވެ.
އަލީ ވަހީދުގެ މައްސަލަތައް ކުރިއަަށް ނުގެންދަން ނިންމީ އެ މައްސަަލަތައް ސާބިތުކުރަން ކުރަން ހުށަހަޅާފައިވާ ހެކިތަކުން އެ މައްސަލަތައް މިހާރު ސާބިތުވާނެ ކަމަށް ޕީޖީއަށް ގަބޫލުނުކުރެއްވޭތީ ކަމަށް ވިދާޅުވެއެެވެ.
އެހެންނަމަވެސް، ޖިންސީ ޝިކާރައިގެ އަނިޔާ ލިބުނު ފަރާތްތައް، ރައީސް ޞާލިޙްއާ ބައްދަލުކޮށް، އެ ވާހަކަތައް ޙިއްސާކުރުމުން އެ މަނިކުފާނަށް ކީރިތި ކުރެއްވުނު ކަމަށް މީޑިޔާތަކުގައި ރިޕޯޓްކުރެވުނެވެ. އަދި އެކަމާ ގުޅިގެން އަލީ ވަހީދު މަޤާމުން ވަކި ކުރެއްވިއެވެ.