ކޮންމެ ރަށެއްގައިވެސް ހަމަ ސިލޯނާ އިންޑިއާގައިވެސް އަޅާގޮތަށް ތާރު މި އަޅާއިރު، މީ ވައްލަ ބިސް އަޅަން ހުރި ރަށްތަކެއް ކަމަށާއި، މަގުތައް ހެދުމާއި އިމާރާތް ކުރުމާ ގުޅޭގޮތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ޑިމޮކްރެޓްސްގެ ދަ ޑިމޮކްރެޓްސް ހައުސްގައި ރޭ ކުރިއަށްދިޔަ “ގާނޫނު އަސާސީއަށް ގެންނާން ފެންނަ ނިޒާމީ ބަދަލުތައް، ރައީސް ނަޝީދާއެކު” މަޝްވަރާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ބައެއް ރަށްރަށަށް ޒިޔާރަތް ކުރެއްވިއިރު ބައެއް ރަށްރަށުގައި މުޅިން އެކީ އެކައްޗަކަށް ތާރު އަޅާފައި އޮންނައިރު ބައެއް މަގު މަގު ނުހިނގާ ނުހިނގާ ހަލާކުވެފައިވާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
“ކޮންމެ ރަށެއްގައިވެސް ހަމަ ސިލޯނާ އިންޑިއާގައިވެސް އަޅާގޮތަށް ތާރު މި އަޅަކީ، މީ ވައްލަ ބިސް އަޅަން ހުރި ރަށްތަކެއް، މަގެއް ހަދާނެ ގޮތަކާއި އިމާރާތް ކުރުމާ ގުޅޭގޮތުން ފުންކޮށް ވިސްނަން ޖެހޭ”
ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ފުޓްސަލް ދަނޑުތައް އެޅުމާއި މަލްޓި ޕާޕަސް ހޯލް އެޅުން ހުއްޓާލަންވެއްޖެ ކަމުގައެވެ. ރައީސް ނަޝީދު ވިދާޅުވީ ހަދާ ހުރިހާ ކޮންކްރީޓެއް މަޑުޖައްސާލާފައި ވިސްނާލަންވެއްޖެކަމަށާއި ގައުމު ދާން މިއުޅެނީ ގައުމަށް ވާން މިއުޅެނީ ކިހިނެއްތޯ ވިސްނާލަން ވެއްޖެކަމަށެވެ.
“ޓެކްސް އާމްދަނީ އިންތިހާއަށް އިތުރުވެއްޖެ، މީ އެތައް ބިލިޔަން ރުފިޔާއެއްގެ ފައިސާ”
ކަމަށް ރައީސް ނަޝީދު އިޝާރަތްކުރެއްވިއެވެ.
ރާސް ރާސް ލާފައި ހަރަދު ކުރާއިރު ފައިސާ ގިނަ ފައިސާ ނުވެސް ނެތް ކަމަށާއި ދަރަންޏަށާއި ލިބުނު ގޮތަކަށް ހޯދައިގެން ހަރަދުކުރަނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ރޭގެ މަޝްވަރާތަކުގައި އިސްކޮށް ކުރިއަށް ގެންދެވީ ކުރެއްވީ ރައީސް ނަޝީދެވެ. އަދި އެމަނިކުފާނުގެ ހުށަހެޅުއްތައް މެންބަރުންނަށް ޙިއްސާކުރައްވަމުން ގެންދެވިއެވެ.