16 ފެބުރުވަރީ 2025

ރާސް ރާސްލާފައި ހަރަދު ކުރާއިރު ގިނަ ފައިސާ ނުވެސް ނެތް: ރައީސް ނަޝީދު

ރާސް ރާސް ލާފައި ހަރަދު ކުރާއިރު ފައިސާ ގިނަ ފައިސާ ނުވެސް ނެތް ކަމަށާއި ދަރަންޏަށާއި ލިބުނު ގޮތަކަށް ހޯދައިގެން ހަރަދުކުރަނީ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޑިމޮކްރެޓްސްގެ ދަ ޑިމޮކްރެޓްސް ހައުސްގައި ރޭ ކުރިއަށްދިޔަ “ގާނޫނު އަސާސީއަށް ގެންނާން ފެންނަ ނިޒާމީ ބަދަލުތައް، ރައީސް ނަޝީދާއެކު” މަޝްވަރާގައި ދެއްކެވި ވާހަކަފުޅުގައެވެ.

"ރާސް ރާސް ލާފައި ހަރަދު ކުރާއިރު ފައިސާ ގިނަ ފައިސާ ނުވެސް ނެތް. ދަރަންޏަށާއި ލިބުނު ގޮތަކަށް ހޯދައިގެން ހަރަދުކުރަނީ."

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޮޑަތި ޚަރަދުތައް ކުރަމުން މަޝްރޫޢުތައް ހިންގަވާކަމަށް ޢިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ބައެއް ރަށްރަށަށް ޒިޔާރަތް ކުރެއްވިއިރު ބައެއް ރަށްރަށުގައި މުޅިން އެކީ އެކައްޗަކަށް ތާރު އަޅާފައި އޮންނައިރު ބައެއް މަގު މަގު ނުހިނގާ ނުހިނގާ ހަލާކުވެފައިވާކަމަށެވެ.

މި މޭރުވުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ ރަށެއްގައިވެސް ހަމަ ސިލޯނާ އިންޑިއާގައިވެސް އަޅާގޮތަށް ތާރު މި އަޅާއިރު، މީ ވައްލަ ބިސް އަޅަން ހުރި ރަށްތަކެއް ކަމަށާއި، މަގުތައް ހެދުމާއި އިމާރާތް ކުރުމާ ގުޅޭގޮތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.
“ކޮންމެ ރަށެއްގައިވެސް ހަމަ ސިލޯނާ އިންޑިއާގައިވެސް އަޅާގޮތަށް ތާރު މި އަޅަކީ، މީ ވައްލަ ބިސް އަޅަން ހުރި ރަށްތަކެއް، މަގެއް ހަދާނެ ގޮތަކާއި އިމާރާތް ކުރުމާ ގުޅޭގޮތުން ފުންކޮށް ވިސްނަން ޖެހޭ”
ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ފުޓްސަލް ދަނޑުތައް އެޅުމާއި މަލްޓި ޕާޕަސް ހޯލް އެޅުން ހުއްޓާލަންވެއްޖެ ކަމުގައެވެ. ރައީސް ނަޝީދު ވިދާޅުވީ ހަދާ ހުރިހާ ކޮންކްރީޓެއް މަޑުޖައްސާލާފައި ވިސްނާލަންވެއްޖެކަމަށާއި ގައުމު ދާން މިއުޅެނީ ގައުމަށް ވާން މިއުޅެނީ ކިހިނެއްތޯ ވިސްނާލަން ވެއްޖެކަމަށެވެ.

“ޓެކްސް އާމްދަނީ އިންތިހާއަށް އިތުރުވެއްޖެ، މީ އެތައް ބިލިޔަން ރުފިޔާއެއްގެ ފައިސާ”

ކަމަށް ރައީސް ނަޝީދު އިޝާރަތްކުރެއްވިއެވެ.

ޑިމޮކްރެޓްސްގެ ރޭގެ މަޝްވަރާތަކުގައި އިސްކޮށް ކުރިއަށް ގެންދެވީ ކުރެއްވީ ރައީސް ނަޝީދެވެ. އަދި އެމަނިކުފާނުގެ ހުށަހެޅުއްތައް މެންބަރުންނަށް ޙިއްސާކުރައްވަމުން ގެންދެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު