ބޭސްފަރުވާއަށް އަދީބް ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަ ދީފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ އެއް މޭސްތިރިޔާ އަހުމަދު އަދީބް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދީފިއެވެ.

އަދީބު ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދިނީ އަދީބުގެ މެޑިކަލް ލިޔުންތަކަށް ބެލުމަށް ފަހު މެޑިކަލް ބޯޑުން ލަފާ ދިނުމުންނެވެ. ކަރެކްޝަނުން ބުނީ އަދީބް ބޭރަށް ފުރާތަމަ އެކަން އަންގާނެކަމަށެވެ. ނަމަވެސް އަދީބް މިހާރު ދަނީ ސިންގަޕޫރަށް ފުރުމުގެ ކަންކަން ހަމަޖައްސަމުންނެވެ.

އަދީބު ވަނީ ދާދި ފަހުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ވެސް ހޯދައިފަ އެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2020 ގައެވެ. އަދީބު ވަނީ ދައުލަތާ އެކީގައި އިއުތިރާފް އެއްބަސްވުމެއް ވެސް ހަދައިފައެވެ.

އަދީބު ޖަލަށް ހުކުމް ކުރި ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އަދީބު ގޭ ބަންދުގައި ހުންނަތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު