18 ޖަނަވަރީ 2025

މިނިވަން ދުވަސް ފާހަގަކުރަން އަންނަ ހުކުރު ދުވަހުން ފެށިގެން ކާނިވަލެއް ބާއްވަނީ

މިއަރު ފާހަގަކުރާ ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އަންނަ ހުކުރު ދުވަހުން ފެށިގެން އަށްޑުވަހަށް ދެމިގެންދާ ކާނިވަލެއް ބޭއްވުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނިންމަވައިފިއެވެ.

ހޯމް މިނިސްޓްރީއާއި އާބަންކޯއާ ގުޅިގެން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ކާނިވަލަށް ކިޔަނީ "މިނިވަން އުފާ" ކަމަށާއި، މިނިވަން އުފާ ކާނިވަލުގަައި ކުޅިވަރު ސްޓޯލްތަކާއި ކެއުންބުއިން ވިއްކާ ސްޓޯލްތައް ހުންނާނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. ކާނިވާ އިފުތިތާހު ކުރާ ދުވަހު ބޮޑުބެރާއި ސަގާފީ ނެށުމާއި ޒަމާނީ މިޔުޒިކާއި ނެށުން ފަދަ ހަރަކާތްތަކާއި ފަންނާނުންގެ އެކިއެކި ހުނަރުތައް ދައްކާލާނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

އެ ކާނިވަލުގައި ތަފާތު ކުޅިވަރުތަކަށް ހާއްސަ 20 ސްޓޯލް ހިމެނޭއިރު، އަމާޒަށް ބޮޅު އެއްލުމާއި ފުއްޕާހަން ފަޅައިގެން އިނާމު ހޯދާ ކުޅިވަރާއި، އަމާޒަށް ހޫޕްސް އުކާ ކުޅިވަރަކާއި އަމާޒަށް ބީން ބޭގް އުކާ ކުޅިވަރަކާއި ބޯޅަ އުކައިގެން ކާށި ވައްޓަންޖެހޭ ކުޅިވަރަކާއި ބުރު އަނބުރާލައި ހަދިޔާ ލިބޭ ކުޅިވަރަކާއި މަރުތެޔޮއަކުން ބާރަށް އެއްޗެއްގައި ޖަހަންޖެހޭ ކުޅިވަރުތައް ހިމެނޭ ކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ހޯމް މިނިސްޓްރީން ވިދާޅުވާ ގޮތުގައި، އެ ކާނިވަލުގައި ކާބޯތަކެތި ވިއްކުމަށް ހާއްސަ 40 ސްޓޯލެއް ބަހައްޓާއިރު، އެ ސްޓޯލްތަކުގައި ލުއި ބުއިމާއި ކޮފީ އާއި އައިސް ކްރީމާއީ ޕޮޕްކޯނާއި ސްނޯ ކޯނާއި ލޮލީ ފަދަ ތަކެއްޗާއި ފާސްޓް ފުޑްސް އާއި ލުއި ކާނާ އާއި ހޯމްބޭކްސް އާއި ދިވެހި ކާނާ ވިއްކާނެއެވެ.

ދިވެހިރާއްޖޭއަށް މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965 ކަމަށްވުމާއެކު، ކޮންމެ އަހަރެއްގެ ޖުލައި 26 އަކީ ރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. އަދި އެދުވަހުގެ ހަރަކާތްތައް އިސްވެ ހިންގާ ވުޒާރާއަކީ ދާޚިލީ ވުޒާރާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު