29 އެޕްރީލް 2025

ޕްރޮގްރެސިވް ކޯލިޝަނުން ޤާސިމާއި ބައްދަލުކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމާއި ބައްދަލު ކޮށްފިއެވެ.

މިބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވީ ޤާސިމާއި، ނިހާނެވެ. އަދި ޕްރޮގްރެސިވް ކޯލިޝަނުން ބައިވެރިވީ ކޯލިޝަން މިވަގުތު ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމާއި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިންނާއި، ޕީޕީއެމްގެ ނައިބް ރައީސް ޝިޔާމްއާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ.

މިބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ރައީސް ޔާމީނުގެ ލަފާފުޅާ އިރުޝާދުގެ މަތިން ޖޭ.ޕީގެ ލީޑަރ ޤާސިމާއި އެކު މިއަދުވަނީ މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައިވާކަމަށެވެ. ނަމަވެސް މިބައްދަލުވުމުގެ ތަފްސީލެއް ނުދެއްވައެވެ.

ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިމަހު ފަހުކޮޅު ހުޅުވާލާނެއެވެ. އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކަށް ވާނީ އޮގަސްޓް މަހުގެ 07 ވަނަ ދުވަހެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ފަނޑިޔާރުންގެ ޗުއްޓީގެ ސަބަބުން އިތުރު ހުރަހެއް ކުރިމަތިވެފައި ވާއިރު އިންތިހާބުގައި ވާދަކުރުމަށް އޮންނަ މުއްދަތު ހަމަވުމުގެ ކުރިން ރައީސް ޔާމީންގެ ޖަލު ހުކުމް ހައިކޯޓުން ބާތިލް ނުކޮށްފިނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަކަށް ނުލިބޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަލްގަރުހިތަ ބުރުމާގާސިމް އަކީ މިރާއްޖޭގެ ވެރިކަމަށް ކުފޫހަމަވާ މީހެއްނޫން ރިސޯޓުތަކާއި،ތެޔޮޓޭންކަރާއި،މުދަލާއި ޑޮލަރާއި ދިވެހި ރުފިޔާ ކިތަންމެ ވަރަކަށް ލިބިފައި ވީނަމަވެސް ވެރިކަން ކުރެވޭނޭ ލަޔާގަތާއި،ގާބިލިއްޔަތު ކަމެއް ގާސިމް ގައި ގާނެތެވެ، ގާސިމް ވެރިކަންހޯދަންވެގެ މިތެޅެނީ ހަމައެކަނި ރާއްޖޭގެ ގިރިތަކާއި،ފަޅުތަކާއި، ފަޅުރައް ތަކާއި ވޯލްބެންކުން ބޮޑެތި ލޯނު އިންޓެސްޓަކާނުލާ އަމިއްލަ ޖީބުތަކަށް އެޅުމުގެ ބޭނުމުގައެވެ، ވޭތުވެދިޔަ 3 ސަރުކާރުންވެ އޭނާވަކިވާންޖެހުނު ސަބަބު އެހުރީވަރަށް ސާފުކޮންއެގެންހުރި ހަގީގަތެކެވެ ގާސިމްއަކީ އިޚުލާސްތެރިކަމާއި،ތެދުވެރިކަމާއެކު ރައްޔަތުންނަށް ޚިދުމަތް ކުރަން އުޅޭމީހެއްނޫކަން އެގޭ ހެިކިތަށް ގާސިމްގެ މާޒީ ބެލީމާ އެހުރީ ވވވ ސާފުކޮއްފެންނާށެވެ،ދިވެހި ރާއްޖެއަށް ދިމާވި އެންމެ ހިތްދަތި ހިތާމަވެރި ދެ ހާދިސާކަމުގައިވާ،ސުނާމީ،އާއި،ކޮރޯނާގެ ހާދިސާގައި އެނާގެ މުއަށްޒަފުންގެ ގޮތުގައި ގެންގުޅުން ކިތަށްމެމުއަށްޒަފުން މުސާރަކޮޅުވެސްނުދީ ވަޒީފާއިކަޑާލާފައި ފުނުވާލާފައިވޭތޯ ސާވޭކޮއްބެލީމާ ފެންނަންހުރި ހަގީގަތެކެވެ!!! އެފަދަމީހަކަށް ރައްޖޭ ގެ ރައްޔަތުން ވޯޓުދޭން ހެޔޮވާނޭތޯއެވެ؟؟؟؟؟؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު