ޔޫޓިއުބަށް ލާފައިވާ ޝާހުގެ "ޖަވާން" ގެ ޕްރީ ރިލީޒް ވީޑިއޯ، 24 ގަޑިއިރުތެރޭ 112 މިލިއަން މީހުން ބަލައިފިއެވެ.
މި އަދަދާއެކު މިއީ އިންޑިޔާގެ ފިލްމު އިންޑަސްޓްރީގައި މިފަދަ އިސްތިހާރަކަށް އެންމެ ބޮޑު ތަރުޙީބެއް ލިބުނު ވީޑިއޯއެވެ. އަދި މިއީ ވަރަށް ބޮޑު ރިކޯޑެއް ކަމަށްވެސް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
"ޖަވާން" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، 7 ސެޕްޓެންބަރު 2023 ގައެވެ. މި ފިލްމަކީ ސްޕެޝަލް އިފެކްޓްސް ގެނެސްފައިވާ މޮޅު ފިލްމެއްކަން ފާހަގަކޮށްލެވެއެވެ. އަތްލީ ޑައިރެކްޓްކޮށް، ގޯރީ ޚާން ޕްރޮޑިއުސްކޮށް، ރެޑް ޗިލީޒް އެންޓަރޓެއިންމަންޓުން ތައްޔާރުކުރާ މިފިލްމު، ކުޅެފައިވަނީ ހިންދީ، ތަމަޅަ އަދި ތެލުގު ބަހުންނެވެ. މިފިލްމުގެ ލީޑް ރޯލް ކުޅެނީ ޝާހްރުކް ޚާނެވެ.
ޝާހުރުކް ޚާނަކީ ފިލްމު އިންޑަސްޓްރީގައި ބަގުބޫލުކަން ލިބިފައިވާ، އެތަކެއްް ފިލްމެއް ކުޅެ ގިނަ ބަޔެއްގެ ލޯތައް އަމާޒުވެފައިވާ ކާމިޔާބު ބަޠަލެކެވެ.
މި އިޝްތިހާރަށް ލިބިފައިވާ ތަރުޙީބަށް ބަލާއިރު، މިފިލްމުވެގެންދާނީ އެންމެ ބޮޑު ބަގުބޫލުކަމެއް ލިބިގެންދާނެ ފިލްމަށެވެ.