16 ފެބުރުވަރީ 2025

ޞާލިހް ހުރީ ކަޅު ދަބަސް އުފުލާފައިކަމަށް އޭރު ބުނީ ނަޞްރު ހޯދުމަށް: އަލީ ވަހީދު

ރައީސް ޞާލިހުވެސް ހުންނެވީ ކަޅު ދަބަސް އުފުލާފައިކަމަށް ވިދާޅުވީ ސްމޯކްސްކްރީނަކަށް ކަމަށާއި ހަނގުރާމައިގެ މައިދާނުގައި ނަސްރު ހޯދުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ދީނުގައި ވެސް އޮންނަ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ، ތިން އަހަރަށް ފަހު މިއަދު ރާއްޖެ ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައެވެ.

"ސްމޯކްސްރީނެކޭ އެއީ އަޅުގަނޑު ފަހަތުގައި ވިއްދާފައި ހުރީ ކޮން ބައެއްތޯ ބަލަން، ހަނގުރާމައިގެ މައިދާނުގައި ނަސްރު ހޯދުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ދީނުގައި ވެސް އޮވޭ،"

– އަލީ ވަހީދު މިއަދު ދެއްވި އިންޓަރވިއުގައި ވިދާޅުވެފައިވެއެވެ.

އެ ދުވަހު ދެއްކި ވާހަކަތައް ނަފީކޮށް، އަލީ ވަހީދު މިއަދު ވިދާޅުވީ ރައީސަކީ 35 މިލިއަން ރުފިޔާ ނަންގަވަން ޖެހޭ ވަރުގެ ބޭފުޅެއް ނޫން ކަމަށާއި އެއީ އެއަށް ވުރެ ލިބޭ ބޭފުޅެއް ކަމަށެވެ.

ފްރޭމް ކުރި ކަމަށް ބުނެ ދެކެވުނު ވާހަކަތަކަށް އަމާޒުކުތައްވާ އަލީ ވަހީދު ވިދާޅުވީ، އެކަން ކުރީ ރައީސް ޞާލިހު އަދި ރައީސް ޔާމީން ވެސް ނޫން ކަމަށާއި ޤާސިމްވެސް އެކަން ނުކުރައްވާނެ ކަމަށެވެ.

މީގެ ކުރިން އަލީ ވަހީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ،  ރޭޕުގެ ތުހުމަތުތަކަކީ ފްރޭމެއް ކަމަށެވެ. އަދި ރައީސް ޞާލިހަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް އޭރު އޭނާ ކުރައްވާފައިވެއެވެ.

"އަޅުގަނޑަށް ހަމަ ދަންނަވަން ކެރިދާނެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް ހުރީ ކަޅު ދަބަސް އުފުލާފައި. ވަރަށް ސާފުކޮށް މި ދަންނަވަނީ. އާދެ އެބޭފުޅާ (ރައީސް) ގެންދިޔަ ކަޅު ދަބަހެއް،"

– ރައީސް ޞާލިހަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވަމުން އަލީ އޭރު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާގެ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ދައުލަތުން ނިމިދިޔަ ޖޫން މަހު 14 ގައި ވަނީ ނިންމައިފައެވެ.

އަލީ ވަހީދު ފިލައިގެން ރާއްޖޭން ދިޔައީ ފެބްރުއަރީ 10، 2021 ގަައެވެ. އަދި އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް ނޮވެމްބަރު 28، 2021 ގައި ކޯޓުން އަމުރެއް ނެރުނު ނަމަވެސް މިހާތަނަށް އޭނާ ރާއްޖެއަށް ގެނެވިފައެއް ނުވެއެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމާ ގުޅިގެންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެއަށް ވަޑައެއް ނުގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަދީބު ފުރުވާލާފައި އަލީ ވަހީދަށް މަރުހަބާ ކިޔުމުން ދޭހަވަނީ މިއޮތީ އެއްވެސް ސުލޫކީ މިންގަނޑެއް، ނަޒާހަތްތެރިކަމެއް ނެތް ދަށުދަރަޖައިގެ ސަރުކާރެއްކަން. ވޯޓުން ހޮވޭ ސަރުކާރަކީ ރައްޔިތުންގެ މޫނުމަތި ކަމުގައި ވާއިރު، މިއައްވުރެ ގޮތްހުރި ބަޔަކު ހޯދާކަށް ނުޖެހޭބާ.

  2. ނަޞްރަކީ ދޮގު ހަދައިގެން ހޯދާ އެއްޗެއް ނޫން.ކަލެއަކީ ވަހުޝީ ބޫންބޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު