މުސްލިމުންނަށް، ރޯދަމަހަކީ ކަދުރުގެ މޫސުމެވެ. ރޯދަމަހާ އެކު ރާއްޖޭގެ ކަދުރަށް އޮންނަ ޑިމާންޑް ބޮޑުވެއެވެ. ކަދުރުން ރޯދަ ވީއްލުމަކީ މުސްލިމުންގެ މެދުގައި އޮންނަ ސުންނަތެއް ދިރުވުމުގެ ގޮތުން ކުރެވޭ ކަމެއްވެސް މެއެވެ. ރޯދަ މަސް ނިމުމުން ކަދުރަށް އޮންނަ ޑިމާންޑް ކުޑަވެ، ވަރަށް މަދު ބަޔަކު ފިޔަވައި ގިނަ މީހުން ކަދުރު ކެއުން މުޅިން ހުއްޓާލައެވެ.
އެހެންނަމަވެސް، ކަދުރު ކާންވީ ރޯދަމަހަށް އެކަންޏެއް ނޫނެވެ.
ކަދުރު ބޭނުން ކުރިކަމުގައިވިޔަސް ކަދަރުން ލިބޭ ސިއްޙީ ފައިދާތައް އަހަރެމެންނަށް ދެނެގަނެވިފައެއް ނުވެއެވެ. ކަދުރުން ލިބޭ ފައިދާތައް ގިނަ ގުނައެވެ. އެހެނީ ކަނދުރުގައި ހަށިގަނޑަށް ބޭނުންވާނެ، އެތައް މާއްދާއެއް ހިމެނިފައިވެއެވެ.
ކަދުރު ބޭނުންކުރުމަކީ ހަޖަމުކުރުމުގެ ނިޒާމް ރަނގަޅު ކޮށްދީ، ބަނޑު ހިކުން ފަދަ ކަންތައްތަކުން ދުރުކޮށްދެއެވެ.
ކަދުރުގައި ހިމެނޭ ޑައިޓަރީ ފާބާގެ މާއްދާ ގިނަވުމުން، ކޮލެސްޓްރޯލް ލޭގެ ތެރޭގައި އަށަގަންނަ މިންވަރު ދަށްކޮށްދީ، ލޭ ނާރުތައް ފިތިގެން ކުރިމަތިވާ ހިތުގެ ބަލިތަކާއި ދުރުކޮށްދެއެވެ.
ކަދުރަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ މޭވާއެއް ކަމުން، ގިނައިން ކަދުރު ބޭނުންކުރުމުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ.
ކަދުރުގައި ހަށިގަނޑަށް ވަރަށް މުހިއްމު މައްދާއެއް ކަމަށްވާ، މިނަރަލް ގިނަ މޭވާއެކެވެ. އެ މާއްދާއަކީ ކަށި ވަރުގަދަކޮށްދިނުމަށް އޭހީތެރިވެދޭ މާއްދާއެކެވެ. ހަމައެހެންމެ، ހަށިގަނޑުގެ މަސްތަކުގައި ވަރުޖެހުމާއި، ތަންތަނުގައި ރިއްސުމަށްވެސް ކަދުރަކީ ވަރަށް މުހިއްމު ފަރުވާއެކެވެ.
ކަދުރަކީ ވިޓަމިން ބީ ހިމެނޭ މޭވާއެކެވެ. އެހެންކަމުން، ކަދުރަކީ އިސްތަށިގަނޑު ވަރުގަދަކޮށްދޭ މޭވާއެކެވެ. ކަދުރު ކެއުމުން، އިސްތަށި ފޭބުމާއި، އިސްތަށިގަނޑި ކިފުޅިވުން ފަދަ ކަންތައްތަކުން ދުރުކޮށްދެއެވެ.
އަދި މިނޫނަސް، ކަދުރުގައި ހަށިގަނޑަށް ބޭނުންވާ އެތައް މާއްދައެއް ހިމެނެއެވެ.
އެހެންކަމުން، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ދާއިމީ ގޮތެއްގައި ކަދުރު ބޭނުން ކުރުމަކީ މުހިއްމުކަމެކެވެ. ކަދުރު ކާންވީ ހަމައެކަނި ރޯދަމަހަށް އެކަނި ނޫންކަން ޤަބޫލުކުރަމާތޯއެވެ.