16 ފެބުރުވަރީ 2025

ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ޢަބްދުލް ޢަފޫރު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް އިން ބުނީ އަދީބް މިރޭ ފުރީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް ކަމަށެވެ. އަދީބު ސިންގަޕޫރަށް ދަތުރު ކުރަމުން ދަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުންނެވެ.

އެޕާޓީން ބުނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2015-2018 އަށް އަދީބަށް ނުހައްގުން އަނިޔާދީ، ބޭސްފަރުވާ އަށް ހުރަސް އަޅާފައިވާ ކަމަށެވެ.

އެމްޓީޑީން ބުނީ ކޮންމެ މީހަކަށްވެސް، އެމީހެއްގެ ސިޔާސީ ފިކުރަކަށް ބެލުމެއްނެތި، ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއް ކަމަށް ގަބޫލު ކުރާކަމަށެވެ.

އެހެންނަމަވެސް، ރައީސް ސޯލިހުގެ ވެރިކަމުގައި، އަދީބު އަށް އެކަށީގެންވާ ބޭސްފަރުވާއެއް ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީފައިވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު