Thursday, 18 April 2024

ރޮނާލްޑޯ އަލްނަޞްރާއެކު ޓްރެއިނިންގ ކޭމްޕަށް ޕޯޗުގަލަށް

ކްރިސްޓިއާނޯ ރޮނަލްޑޯ، ޕޯޗުގަލުގައި އޮންނަ ސަމަރ ޓްރެއިނިންގ ކޭމްޕްގައި ބައިވެރިވުމަށް އަންގާރަ ދުވަހު ސައުދީގެ އަލްނަޞްރު ޓީމާ ގުޅިއްޖެއެވެ.

އަލްނަޞްރުގެ އައު ކޯޗު ލުއިސް ކެސްޓޯގެ ކޯޗުކަމުގައި ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެއެވެ. 2022/23 ގެ ލީގުގައި އަލްނަޞްރަށް ކުރިމަތިވި ނާކާމިޔާބީއާއެކު ލީގު ނިންމާލީ އެއްވެސް ޓައިޓްލްއެއް ނުލިބިއެވެ.

މިއަހަރުގެ ސީޒަންއަށް، މިލާންގެ ކްރޮއޭޝިއާގެ މިޑްފީލްޑަރ މާސެލޯ ބްރޮޒޮވިކް އާއެކު، އަލްނަޞްރުން ވަނީ 3 އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ.

އަލްނަޞްރުން ކުރިން އިޢުލާންކޮށްފައިވާ ގޮތަށް ދުނިޔޭގެ މަޝްހޫރު އިތުރު ކުޅުންތެރިންނާ އަލްނަޞްރަށް ގެނައުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

"ނައިކް" އަކީ މިިސީޒަންގެ އަލްނަޞްރުގެ އޮފިޝަލް ކިޓް ސަޕްލަޔަރ ކަމަށްވެސް ވަނީ ހަމަޖައްސާފައެވެ. މި ޑީލް ކުރިއަށް ގެންދަން އިފްތިތާހް ކުރުމަށް ހަމަޖެހިފައިވަނީ، މި ޖުލައި މަހުގެ، އަލްނަޞްރު ޓީމް ޖަޕާނަށް ކުރާ ދަތުރުގައެވެ.

މިދަތުރުގައި ދެ ޓީމަކާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖުލައި 25 ވަނަ ދުވަހު ޕެރިސް ސެއިންޓް-ޖާމެއިން އާއެކު އަދި ޖުލައި 27 ގައި އިޓަލިއަން ޓީމާއެވެ.

ކުރިއަށް އޮތް ސީޒަންގައި 5 މުބާރާތެއް ކުޅުމަށް ހަމަޖެހިފައިވާއިރު، އަލްނަޞްރަށް ގޮންޖެހުންތަކެއް އޮތް ކަމަށް ޚަބަރު ލިބެއެވެ. އެ މުބާރާތްތަކަކީ ކިންގ ސަލްމާން ކަޕާއި، ރޮޝްން ސައިދީ ލީގާއި، ކަސްޓޯޑިއަން އޮފް ދަ ހޮލީ މޮސްކް ކަޕް، ސައުދީ ސުޕަރ ކަޕާއި އަދި އޭއެފްސީ ޗެމްޕިއަންސް ލީގެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *