އެއާޕޯޓް ހެދުމަށް ތިން ރަށެއްގެ ބިން ހިއްކަން ހައުސިން މިނިސްޓްރީން ޙަވާލުކޮށްފިއެވެ.
ބ. ތުޅާދޫ، ތ. ވިލުފުށި އަދި ށ. ބިލެތްފަހީގައި އެއާޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަޝްރޫއު ހަވާލު ކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަށް ޕްރައިވެޓް ލިމިޓެޑްއާއެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރު ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަށް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަންއެވެ.
ބ.ތުޅާދޫ، ތ.ވިލުފުށި އަދި ށ.ބިލެތްފަހީގައި އެއާޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފިއެވެ.
42،450،783.48 ޑޮލަރަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 280 ދުވަހުގެ ތެރޭ ނިންމުމަށެވެ. pic.twitter.com/7lCRqsPYqg
— Min.of National Planning, Housing & Infrastructure (@MoNPHImv) July 12, 2023
މި ތިން ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 42.4 މިލިއަން ޑޮލަރަށް ކަމަށާއި، މި މަސައްކަތަކީ 280 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލު ކޮށްފައިވާ މަސައްކަތެއް ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.
ތުޅާދޫ އެއާޕޯޓަށް ބޭނުންވާ 44.70 ހެކްޓަރު ބިން ހިއްކުމާއި، ވިލުފުށި އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓަރު ބިން ހިއްކުމާއި އަދި ބިލެތްފަހި އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓަރ ބިން ހިއްކުން މި މަޝްރޫޢުގައި ހިމެނިފައިވެއެވެ.