މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މައި އޮފީސް ގ. ނިޔުޝާގެ ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފިއެވެ.
އެމްޑީޕީން މިއަދު ބުނީ، އެޕާޓީގެ އޮފީސް ދެން ހިންގާނީ، ލިލީ މަގު، ޕާކިސްތާނު އެމްބަސީ ކައިރީގައި ހުންނަ ގ. ނިޔުޝާގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ.
އެ ޕާޓީގެ މަސައްކަތް ހަލުވި ކުރުމަށްޓަކައި ޖާގަ ބޮޑު ތަނަކަށް ބަދަލުކުރީ ކަމަށާއި، ކުރީގެ އޮފީސްވެސް ބޭނުން ކުރަމުން ދާނެ ކަމަށް އެމްޑީޕީއިން ވިދާޅުވިއެވެ. އެ ޕާޓީގެ އޮފީސް ހިންގަމުން އައިސްފައި ވަނީ ހ. ޝަރާޝާގައެވެ.
މިޕާޓީގެ މައި އޮފީސް ބަދަލުވެއްޖެ! pic.twitter.com/GW3clGRyeb
— MDP Secretariat (@MDPSecretariat) July 12, 2023
އެމްޑީޕީއިން ބޭނުން ކުރަމުން ދިޔަ ހަރުގެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވައި އުފެއްދި “ދަ ޑިމޮކްރެޓްސް” އިން ނަގައި ބޭނުން ކުރަން ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެ ޕާޓީގެ ކެމްޕޭން ރަސްމީކޮށް ފައްޓަވައިފެއްވާފައެވެ. އަދި މިދިޔަ އާދީއްތަ ދުވަހު ށ. އަތޮޅުގެ ބައެއް ރަށްރަށަށް އެ ޕާޓީން ވަނީ ދަތުރު ކުރައްވާފައެވެ.