18 ޖަނަވަރީ 2025

ޑިމޮކްރެޓްސް ރަޖިސްޓްރީކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ރަޖިސްޓްރީކޮށްފިއެވެ.

މިކަން ކަށަވަރުކޮށްދެއްވީ، އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓަކުންނެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމުގައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ އެ ޕާޓީ ރަޖިސްޓްރީކޮށްފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

އެ ޕާޓީ ދަފުތަރުގައި ހިމެނުމަށް ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި 793 ވަނަ އާންމު ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ނަޝީދު އުފެއްދެވި 'ފިކުރެއްގެ ދިރުން' ހަރަކާތުގައި އިސްކޮށް އުޅުއްވި ބޭފުޅުން އުފައްދަވާ ޕާޓީއެކެވެ. ވެރިކަންކުރާ އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފައްދާއިރު، ނަޝީދު ވެސް ވަނީ މި ފަހުން އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވެސް ވަނީ އެޕާޓީން އިއުލާންކޮށްފަ އެވެ. މިހާތަނަށް އެ ޕާޓީންގެ ކެންޑިޑޭޓެއް ދައްކާފައި ނުވި ނަމަވެސް ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމަށް މުހިއްމު ބައްދަލުވުންތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީއިން ދިނީ މި މަހުގެ ދެވަނަ ދުވަހުއެވެ. އަދި އެއަށްފަހު، އެ ޕާޓީން ވަނީ މި މަހުގެ ފަސްވަނަ ދުވަހު 500 އަށްވުރެ ގިނަ މެންބަރުން ބައިވެރިވި އިފްތިތާހީ ޖަލްސާގައި އެ ޕާޓީގެ ނަމާއި ކުލަތަކާއި ލޯގޯސް ފާސްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު