2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީ މެދުވެރިކޮށް ރ. ފުއްގިރި ޓޫރިޒަމް ބޭނުމަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ހިފައި މަނީ ލޯންޑަރކުރި މައްސަލައިގައި، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ޝަރީޢަތް މާދަމާއަށް ތާވަލް ކޮށްފިއެވެ.
ދައުލަތުން އެދުނު ގޮތަށް، ރައީސް ޔާމީންގެ މައްސަލަ ވަކީން ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިހާރު ވަނީ ނިންމާފައެވެ. މި މައްސަލައިގެ ޝަރީއަތެއް މާދަމާ ހެނދުނު 9:00 އަށް ވަނީ ތާވަލުކޮށްފައެވެ.
މި މައްސަލައިގައި މި މަހުގެ ފާއިތުވި ހަފްތާ ތަކުގައިވެސް ގިނަ ޝަރީއަތް ތަކެއް ކްރިމިނަލް ކޯޓުން ތާވަލް ކުރިއެވެ.
2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީ މެދުވެރިކޮށް ރ. ފުއްގިރި ޓޫރިޒަމް ބޭނުމަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ހިފައި މަނީ ލޯންޑަރކުރި މައްސަލައިގައި, އަޙްމަދު ކުރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ވަނީ ގެންގޮސްފައެވެ. މި މައްސަލައިގައި ރިޟާއަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ޕީޖީ އޮފީހުން ނިންމީ، ރިޟާގެ ފަރާތުން ހުށަހެޅި މެޑިކަލް ރިޕޯޓް ތަކާއި ގުޅިގެން އެ މައްސަލަ ކުރިއަށް ނުގެންދެވުމާއި، އޭނާގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިތަކެއްގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުން އަންނާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައި ޔާމީނާއި ރިޒާގެ އިތުރުން ދައުވާކޮށްފައި ވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.