އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި "ދަ ޑިމޮކްރެޓްސް" ޕާޓީ އިލެކްޝަންސް ކޮމިޝަނުން މިއަދު ރަޖިސްޓްރީ ކޮށްދިނުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޑިމޮކްރެޓްްްސް ވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މި ދައުރު ފެށުނީއްސުރެ މަޖިލިހުގެ މައިނޯރިޓީ ޕާޓީގެ މަގާމް ދަމަހައްޓަމުން އައިސްފައިވަނީ، ކުރީގެ ރައީސް ޔާމިން ނިސްބަތްވާ ޕީޕީއެމްއިންނެވެ.
"ދަ ޑިމޮކްރެޓްސް" ޕާޓީ މިއަދު އުފެއްދުމާއެކު، އެޕާޓީއާއި ގުޅިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދެން ހިމެނިގެންދާނީ މަޖިލިގައި އެޕާޓީ ތަމްސީލުކުރައްވާ މެމްބަރުން ކަމުގައެވެ. އެހާތަނުން ރައްޔިތުންގެ މަޖިލިހުގައި ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް ވެގެން ދާނީ "ދަ ޑިމޮކްރެޓްސް" ޕާޓީއެވެ.
ދަ ޑިމޮކްރެޓްސް' ޕާޓީގައި މިވަގުތު ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުންނެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު
މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން
ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
މާދަމާ ރޭ ބާއްވާ ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު "ދަ ޑިމޮކްރެޓްސް" ޕާޓީއަށް ވަނީ ސޮއިކުރުމަށް ހަމަޖެހިފައެވެ. އެހާތަނުން، މަޖިލީހުގައި ތިއްބައްވާ ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދު 15 އަށް އަރާނެއެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއެވެ.