Thursday, 20 June 2024

210 ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނު ކުރަނީ

210 ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމަށް ސްކޮލާޝިޕަށް ހުޅުވާލި ފުރުޞަތުގައި، ކުރިމަތިލި މީހުންގެ ތެރެއިން ހޮވުނު މީހުންނާއި ސްކޮލާޝިޕް ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު 15.00 ގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމް ގައެވެ.

ކުރިއެކޭ އެއްގޮތަށް މިއަހަރުވެސް ހުޅުވާލެވޭ ފުރުޞަތުތަކުގެ ތެރެއިން، ސަރުކާރުގެ ހަރަދުގައި 200 ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނު ކުރުމަށް ހުޅުވާލި ސްކޮލާޝިޕަށް 322 ފަރާތަކުން ކުރިމަތިލާފައިވެއެވެ. ހުޅުވާލި ފުރުޞަތައް ކުރިމަތިލައިގެން 210 މީހަކަށް ވަނީ ސްކޮލާޝިޕް ލިބިފައެވެ.

Image

މި ސްކޮލާޝިޕްގެ ދަށުން އޭސީސީއޭއިން ކިޔަވަން ހަމަޖެހިފައިވަނީ ސްކިލްސް އަދި ޕްރޮފެޝަނަލް ލެވެލް އަށް ކަމަށާއި ސީމާ އިން ކިޔަވަން ހަމަޖެހިފައިވަނީ މެނޭޖްމަންޓް އަދި ސްޓްރެޓީޖިކް ލެވެލް އަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ،

މި ސްކޮލަރޝިޕް ޕްރޮގްރާމަކީ، ރާއްޖެއަށް ބޭނުންވާ އެކައުންޓަންޓުންގެ ގޮތުގައި ދިވެހީން ވީހާވެސް އަވަހަށް ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުމަށް ހިންގޭ ޕްރޮގްރާމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު