30 އެޕްރީލް 2025

ޔާމީންގެ ޝަރީއަތް ހިނގަނީ އިންސާފުން ކަމަށް ގަބޫލުކުރާނެ ރައްޔިތަކު ނުހުންނާނެ: އުޝާމް

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް މިހާރު ހިނގަމުންދަނީ އިންސާފާއި، ހަމަހަމަ އުސޫލުންކަމަށް ގަބޫލު ކުރާނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ތުހުމަތުވާ އަހްމަދު ކްރިކް ރިޒާ އަށް ކުރާ ދައުވާ އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން މިއަދު ނިންމައި، ކުރީގެ ރައީސް ޔާމީންގެ ދައުވާތަކުގެ ޝަރީއަތް މިއަދަށް ތާވަލް ކުރުމުންނެވެ.

އުޝާމް ވިދާޅުވީ ކޮންމެ މީހަކާއި މެދުވެސް ޢަމަލު ކުރެވެން ވާނީ އަދުލުވެރިކަމާއި އިންސާފާއިއެކުގައި ކަމަށެވެ. މިއަދު ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ފުއްގިރި ޝަރީއަތަށް ބަލާއިރު، ފެނިގެން ދަނީ ވަރަށް ނާއިންސާފުން، ޝަރީއަތް ކުރެވިގެންދާތަން ކަމަށް އުޝާމް ވިދާޅުވިއެވެ.

އަދުލުވެރިކަމާ އިންސާފުވެެރިކަމާއެކު ޝަރީއަތްކުރެވުމުގެ ހައްގު އެންމެންނަށްވެސް ލިބިދޭންވާނެކަމަށް ގަބޫލުކުރާ އެއްވެސް މީހަކު މިއަދު ގަބޫލެއް ނުކުރާނެ މިއީ އިންސާފުވެރިކަމާއެކު ހިންގާ ޝަރީއަތެއްކަމަށް. ރައީސް ޔާމީން ވިޔަސް އެހެން ރައްޔިތެއް ވިޔަސް އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު ލިބިދޭންޖެހޭނެ.

– އުޝާމް ވިދާޅުވިއެވެ.

މި މައްސައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދައުވާލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށް ނުފެންނަ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މި ޝަރީއަތް އަވަސް އަވަހަށް އަދި ގިނަ ވަގުތު ހޭދަވާ ގޮތަށް ކުރިއަށް ގެންދާތީ ޔާމީންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި މި ޝަރީއަތުގެ ސަބަބުން، ޔާމީން މިހާރު ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް ލަސްވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު