ޓޮމާޓޯ އަގުބޮޑުވުމުން ބަދިގެ ތެރެ ފަޅުވެއްޖެ ކަމަށް ބުނެ، މަޝްހޫރު ބޮލީވުޑް ފިލްމީތަރި ސުނިލް ޝެޓީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ކުރިން ވަރަށް ގިނައިން ޓޮމާޓޯ ކަމުން އައި، ސުނިލް ޝެޓީ ބުނެފައިވަނީ، ޓޮބާޓޯ އަގުބޮޑުވުމުން އޭނާ މިހާރު ޓޮމާޓޯ ކަނީ ވަރަށް މަދުން ކަމަށާއި ޓޮމާޓޯގެ އަގު މިހާރު ހުރީ ގަނެވޭ ވަރަށްވުރެ މާ މަތީގައި ކަމަށެވެ.
އިންޑިޔާގައި ޓޮމާޓޯ ކިލޯއެއްގެ އަގު މިހާރު ހުރީ، 125 ރުޕީސްއާއި 150 ރުޕީސްއާ ދެމެދުގައި ކަމަށް ޚަބަރު ލިބެއެވެ.
އޭނާ މިހެން ބުނެފައިވަނީ، ޓޮމާޓޯގެ އަގު ބޮޑުވުމާ ގުޅިގެން، އާޖް ޓަކްއަށް ދިން ޚާއްސަ އިންޓަވިއު އެއްގައެވެ. ސުނިލް ބުނީ އޭނާގެ އަންހެނުން މާނާ ޝެޓީއަކީ ތަރުކާރީ ބޭނުންކުރުމަށް އިސްކަންދޭ މީހެއްކަމުން، ޓޮމާޓޯ ބޭނުންކޮށްގެން ވަރަށް ގިނައިން ކާއެއްޗެހި ހަދާކަމަށާއި، ނަމަވެސް ޓޮމާޓޯގެ އަގުުބޮޑުވުމަކީ ކެއްކުމަށް ދަތިތަކެއް ކުުރިމަތިވާ ކަމެއްކަމަށެވެ.
ފަހަރެއްގައި އަހަރެމެންފަދަ ފިލްމުކުޅޭ މީހުންނަށް ޓޮމާޓޯފަދަ ތަކެެތި އަގުބޮޑުވުމުން ކަން ބޮޑު ނުވާނެ ކަމަށް ހީކޮށްފާނެ ކަމަށްވެސް ސުނިލް ޝެޓީ ވަނީ ބުނެފައެވެ. ނަމަވެސް ފިލްމީ ތަރިންނަށްވެސް މިފަދަ ކަމެއް ދިމާވުމުން ދަތިވާނެ ކަމުގައި އޭނާ ބުންޏެވެ.
ސުނިލް ޝެޓީއަކީ އަބަދުވެސް އޭނާގެ ހަށިގަނޑާއި އެއްވަރަށް ފިޓްނަސްއަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީގެން އުޅޭ ފަރާތެކެވެ. އެގޮތުން މިހާރުވެސް ސުނިލް ޝެޓީ ދަނީ އޭނާގެ ފިޓްނަސްގެ މަސައްކަތް ހިތްވަރާއިއެކު ކުރިއަށް ގެންދަމުންނެވެ. އެކަމަށްޓަކައި ސުނިލް ޝެޓީކުރާ ބުރަމަސައްކަތް އޭނާގެ ހަށިގަނޑަށް ބަލާލުމުންވެސް ފެނިގެންދެއެވެ.