ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅުގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތް" މިއަދު ފަށައިފިއެވެ.
ދަތުރުތައް މިއަދު ފަށާފައިވާއިރު، މިއަދުން ފެށިގެން މިމަހުގެ 19 އަށް އެއް ހަފުތާގެ މުއްދަތަށް އާރ.ްޓ.ީއެލ.ް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ. ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށ،ް މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމާއިއެކ،ު ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުމެވެ.
މި މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯދުމަށް ގުޅުއްވާނީ އެ ރަށެއްގެ ރަށު ކައުންސިލްއަށެވެ. 20 ޖުލައި 2023 އިން ފެށިގެން ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅުގެ އާރ.ްޓ.ީއެލް ފެރީ ޚިދުމަތުން ފައިސާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ދޭން ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެވެ. އަދި އެދުވަހުން ފެށިގެން ކަސްޓަމަރުން ޓިކެޓް ބައްލަވައިގަތުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށެވެ.
ކިޔުއާރް ޓިކެޓް ބައްލަވައިގަންނަވާނެގޮތުގެ ވީޑިއޯ އާރ.ްޓ.ީއެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ މަންސަތަކުގައި ވަނީ ޝާޢިއު ކޮށްފައެވެ. އަދި އާރ.ްޓ.ީއެލް ޓްރެވަލް އެޕް. އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ރަސްމީކޮށް އަގުނަގައިގެން ޚިދުމަތް ދޭން ފެށުނުކަމުގައިވީނަމަވެސ،ް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ގައި ރަޖިސްޓްރީ ވެފައިވާ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެއެވެ. އާރ.ްޓ.ީއެލ.ް ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންނަށް އަރާމު ކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. އަދި އާރ.ްޓީއެލް އުޅަނދުތަކުގެ ކައްޕިންނާއި ފަޅުވެރިންނަކީ މި މަސައްކަތަށް ބޭނުންވާ ޙާއްޞަ ތަމްރީންތަށް ފުރިހަމަކޮށްފައިވާ މުވައްޒަފުންތަކެކެވެ. މި އުޅަނދު ތަކުގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަ ކުރެވިފައިވާ ވީލްޗެއަރ ސްޕޭސް އާއި ސްޓްރެޗަރ ސްޕޭސް ހުންނާނެއެވެ.
We have commenced RTL Ferry Services in Ga and Gdh Atoll on 13th July 2023. We will conduct free of cost travel for 1 week duration. The purpose of the trial period is to facilitate customer awareness and familiarity. With the cessation of the trial period, from 20th July 2023… pic.twitter.com/y51PbMacZt
— MTCC Plc (@MTCCPlc) July 13, 2023
ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅުގެ އާރ.ްޓ.ީއެލް ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު، އާރ.ްޓ.ީއެލ.ް ބްރޭންޑްގެ 6 ސްޕީޑް
ފެރީ މެދުވެރިކޮށ،ް 9 ރޫޓަކުން ލިބިވަޑައިގަންނަވާނެއެވެ. އާރ.ްޓ.ީއެލް ފެރީ ޚިދުމަތުގެ ޝެޑިއުލް އާރ.ްޓ.ީއެލް ވެބްސައިޓު އަދި އާރ.ްޓ.ީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ. އަދި ޚިދުމަތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.