Thursday, 18 April 2024

މާލެގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑެނީ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނެފައިވަނީ މާލޭއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މިއަދު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެކަމަށާއި، ހުޅުމާލެއިން ކަރަންޓު ކެނޑޭނީ ހެނދުނު 10:00 އިން 12:00 އަށް ހުޅުމާލެ އެމްޕީއެލް ހިމެނޭ ސަރަހައްދުގެ މިދިލިމަގާއި، ފިތުރޯނު މަގު އަދި އަސްރުމާ ހިނގުމުން ކަމަށެވެ.

އަދި މެންދުރު 14:00 އިން 16:00 އަށް ހުޅުމާލެ އެމްޕީއެލް ހިމެނޭ ސަރަހައްދުގެ ފިތުރޯނު މަގުން ކަރަންޓު ކެނޑޭނެއެވެ.

މިއަދު މެންދުރު 14:00 އިން 16:00 އާ ދެމެދު ވަގުތުގައި މާފަންނުގެ އަމީނީ މަގާއި، ކަނބާ އައިސަ ރަނި ހިނގުން، ބުރުޒު މަގު އަދި ޝަހީދު އަލީ ހިނގުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަފްގްރޭޑް ކުރުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *