18 ޖަނަވަރީ 2025

ސޯޝަލް މީޑިއާ އެކްޓިވިސްޓް ލޫކަސް ސަރުކާރުން އިސްތިއުފާ ދީފި

މީސް މީޑިއާގެ އެކްޓިވިސްޓް ޝަމްޢޫނު ޖަލީލު (ލޫކަސް)، މި ސަރުކާރުގައި އަދާ ކުރަމުންދާ ސިޔާސީ މަގާމުން އިސްތިއުފާ ދީފިއެވެ.

އޭނާ ހުރީ ހެރިޓޭޖު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައެވެ. ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކޮށް ލޫކަސް ރައީސް އޮފީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، އޭނާ ސަރުކާރުގައި އަދާ ކުރަމުންދާ ސިޔާސީ މަގާމުން މިއަދު އިސްތިއުފާ ދީފައިވާ ކަމަށެވެ.

ސަރުކާރުގައި މަސައްކަތް ކުރުމުގެ ފުރުސަތަކީ ތަޖުރިބާއެއް، އަބަުވެސް ބަހައްޓަވާ ގާތްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ޝަކުރިއްޔާ.

– އޭނާ މިއަދު ފޮނުވި ސިޓީގައި ވެއެވެ.

ލޫކަސް ދާދިފަހުން އިދިކޮޅު ފަރާތްތަކާއިއެކކު ފޮޓޯއެއް ނެންނެގެވުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވަނީ ސަރުކާރު ޕްރޮމޯޓުކުރުމުގެ މަސައްކަތްނުކުރާނަމަ އޭނާގެ މަގާމުން އިސްތިއުފާ ދިނުމުގެ ހިތްވަރު ހުންނަންވާނެކަމަށް ވިދާޅުވެފައެވެ.

ލޫކަސް ސަރުކާރުން އިސްތިއުފާ ދީފައިވާއިރު، މިރޭ ރައީސް ނަޝީދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރުމުގެ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު