ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމް 42، ބަންދުން ދޫކޮށްލައިފިއެވެ.
ޝަހީބު ދޫކޮށްލާފައި މިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރިން ނެރެފައި އޮތް އަމުރު މުރާޖައާކުރުމަށްފަހު އިއްޔެގެ ވަގުތެއް ގައެވެ. ގާޒީ އަލީ ނަދީމު ނެރުއްވި އަމުރުގައި އޭނާއަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ނޫން ކަމަށް ބަލައި އެއްވެސް ޝަރުތެއް ވެސް ކޮށްފައެއް ނުވެއެވެ.
ޝަހީބް ހައްޔަރުކުރީ ކަންނެލި ދޯންޏެއްގައި އޮކްޓޫބަރު 2020 ގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައެވެ. އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރަކަށް ކުރިން ހުރި ޝަހީބުގެ ޑްރަގް ނެޓްވޯކުގައި އިތުރު ބަޔަކު ވެސް ހިމެނެއެވެ.
ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރު ކުރިއެވެ. މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.
އޭނާ ދޫކޮށްލީ އެއްވެސް ޝަރުތެއް ނެތިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ކަލޯ ޝަހީބު ތިރަށުގެ ހުރިހާ ޒުވާނުންގެ ވޯޓު އެމްޑީޕީއަށް ހޯދާތި