ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި، އެ ޕާޓީ ރޫޅާލާއްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އިސްތިއުފާ ދެއްވުމަށްފަހު، ނަޝީދު އިސްވެ އުފެއްދެވި "ދަ ޑިމޮކްރެޓްސް" އަށް ރަސްމީކޮށް ސޮއި ކުރައްވަން މިރޭ އާޓިފިޝަލް ބީޗުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އުފެއްދުމުގެ މައިގަނޑު އަމާޒަކަށްވީ ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެ ތެރެއިން ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ފިކުރު ދިރުވުމަށްޓަަކައި ކުރިއަށް އޮތް އިންތިޚާބުގައި އެ ޕާޓީއިން ވާދަކޮށް އެމްޑީޕީ ރޫޅާލާނެ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި އެމްޑީޕީ އެއްކޮށް ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން!
– ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޑިމޮކްރެޓްސް ޕާޓީއާއި ގުޅުނު ބޭފުޅުންނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ވަރަށް ހިތްވަރުގަދަ ބޭފުޅުން ކަމަށެވެ. އަދި، އެއީ ތަބީއަތު ހަރުދަނާ، އަހުލާގީ ބޭފުޅުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ޑިމޮކްރެޓްސް ޕާޓީ އުފެއްދީ ވަކި ފިކުރެއް ދިރުވަން ކަމަށެވެ. އެގޮތުން އެ މަނިކުފާނުގެ އަބަދުވެސް އަމާޒަކަށްވީ ވަކި އުސޫލެއް ހޯދުމަށް ނުވަތަ ގޮތެއް ހޯދުމަށް ކަމަށް ވިދާޅުވިއެވެ.
ވަކި ޕާޓީއެއް އަޅުގަނޑުމެން މި ހެދީ މި ބޭނުމަށްޓަކައި. ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަށްޓަކައި. ރައްޔިތުންގެ ހާލަތު އިރާދަކުރެއްވިއްޔާ ރަނގަޅު ކޮށްދޭނަން.
– ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ ކަށިކެޔޮގަނޑެއްގެ ގޮތުގައި އެމްޑީޕީ ސިފަކުރައްވާ ވާހަކަފުޅު ނިންމާލައްވަމުން، ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ހަތް ފަހަރު އެމްޑީފީ ރޫޅާލާނެ ކަމަށް ވިދާޅުވެފައެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ވަކި ފެކްޝަނެއްގެ ގޮތަށް އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ހިންގުމަށްފަހު އެވެ. އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލު ތަފާތުވެފައިވާއިރު، ޕްރައިމަރީގައި ވެސް ރައީސްއާ ވާދަކޮށް ނަޝީދަށް ލިބިވަޑައިގެންނެވީ ނާކާމިޔާބީއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އެމްޑީޕީ ރޫޅާލުމަކީ ނަޝީދަށްވާނެ ކަމެއްނޫން ނަޝީދުއާއެކު ދާނީ ކާދީނީ މީހުން އަދި ނަޝީދުއާ ގުޅޭނީވެސާ ކާދީނީ މީހުން
ރޫޅާވެސްލެވިދާނެ އެކަމުމަނިކުފާނު ޑިމޮކުރާސީ ތިޔަ ފެންނަ ގޮތް ވ ހަޑި އެކަމުބަލީމާތިޔައޮތީ ގޭގަ މާބޮޑައްވެސް އެތެރެޔައް ވަދެ
ވެރިކަމާހެދި ހަމަރަގަޅައް ތިހިރީމޮޔަވެފަ
ހޭނާރާ ޖަހަނީ މަރުފަލިތާ ބޮނޑިބޯން! ދެނެއް ރައްޔިތުންގެ މަޖްލީހުގެ ރައީސްކަން ކީއްކުރަން އެތަނުން ގޮނޑިގަޑެއްވެސް ނުލިބޭނެއެވެ.