18 ޖަނަވަރީ 2025

ރައްޔިތުން އުފާވަނީ އެމްޑީޕީން ލާދީނީ ފިކުރު ދިއުމުން: ސިޔާމް

ދިވެހި ރައްޔިތުން މިއަދު އެންމެ އުފާވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ލާދީނީ ފިކުރު ފިލައިގެން ދިއުމުން ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި މިރޭ މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މީގެ ކުރިން އެމްޑީޕީގެ ތެރޭ ތިއްބެވި ބައެއް ވެރިން އެކި ގައުމުތަކަށް ގޮސް ދީނީ އަގީދާއާ ޚިލާފު ވާހަކަތައް ދައްކަމުން އައި ކަމަށެވެ. ސިޔާމްގެ އެ ވާހަކަފުޅުތައް ނުސީދާ މޭރުމަކުން ރައްދުކުރެއްވީ އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށެވެ.

މީގެ ތެރެއިން ބައެއް ވެރިން ޑެންމާކަށް ގޮސް، އެހެން ގައުމަކަށް ގޮސް އިސްލާމްދީނަށް ހަޖޫޖެހުން އެ މީހުންނަށް މި އޮންނަނީ އާންމުވެފައި. އަޅުގަނޑު އުފާކުރަން މިއަދު އެމްޑީޕީގެ ތެރޭގައި އެ ލާދީނީ ފިކުރު ނެތިގެން ދިޔަައިމަ. އަދި, ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން އެންމެ އުފާވަނީ އެ ކަމާ.

– ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ދީނީ ކަންކަމަށް އިސްކަން ދެއްވައި، އެ އުސޫލުން ކަންކަން ކުރަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ވެރިކަމަށް ފަސް އަހަރަކީ ދިގު މުއްދަތެއް ނޫން ކަމަށާއި އަދި ކޮވިޑުގެ އުނދަގޫ ހާލަތުގެ ތެރެއިން ވެސް ރައްޔިތުންނަށް ވެފައިވާ ވައުދުގެ ބޮޑުބައި ފުއްދާ ދެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް އަކީ އިގްތިސާދީ ކަންކަން ކުރާނެ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

ސިޔާމް ވިދާޅުވީ ހިނގަމުން މި އަންނަ ފަސް އަހަރުގެ ތެރޭ ރައީސް ޞާލިހުގެ ކިބައިން ފެނިވަޑައިގަތީ 'ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖަ’ކަމަށެވެ. އެއީ ކަންކަން ހާސިލްކުރުމަށް އެންމެ މުހިންމު ސިފަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު