Sunday, 06 October 2024

ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން: ރީކޯ މޫސަ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ގައި ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރި ހޯދުމަށް އެމްޑީޕީއިން ކުރަމުންދާ ކެމްޕޭނުގެ ތެރެއިން މިރޭ ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، 2008 ވަނަ އަހަރު ގެނެވުނު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ހީވި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ. ނަމަވެސް މީގެ ކުރިން ރީކޯ މޫސާ މަނިކު ވިދާޅުވަމުން ގެންދަވާފައިވަނީ އެމްޑީޕީގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށާއި، ޝެއިޚް އިމްރާން މެންފަދަ ބޭފުޅުންނަކީ ބަޣާވާތުގެ ބައިވެރިން ކަމަށެވެ.

"2008 ވަނަ އަހަރު ގެނައި ވެރިކަން ބަޣާވާތަކުން ވެއްޓުމަށް ފަހުގަ އަޅުގަނޑުމެންގެ ހުރިހާކަމެއް ފުނޑުފުނޑުވެގެން ދިޔައީ. އަޅުގަނޑުމެންނަށް އޭރު ހީވީ ބަޣާވާތެކޭ. އެކަމަކު ފަހުން މަންޒަރު ބަދަލުވެއްޖެ،"

ރީކޯ ވިދާޅުވިއެވެ.

އޭނާ ވަނީ ދާދިފަހަކުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައެވެ.

"އެކަން ހިނގާދިޔަ ގޮތަކީ މިއީ. ބަޣާވާތުގެ ނަން ގެނައީ. މިއަދު އަޅުގަނޑުމެންނަކަށް ނެތް އެވާހަކަ ދެއްކޭކަށް. ވަރަށް ލަދުވެސް ގަނޭ އެވާހަކަ ދައްކަން."

ރީކޯ ވިދާޅުވިއެވެ.

 ރީކޯ މޫސަގެ ސިޔާސީ ހަޔާތް ފެއްޓެވީ ވެސް އެމްޑީޕީން ކަމަށާއި، އޭނާ އެމްޑީޕީ ދޫކޮށްލީ އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުންނަވަނިކޮށް ޕާޓީ ތެރެއިން ކުރިމަތިވި ފިއްތުން ތަކެއްގެ ސަބަބުންނެވެ.

2018 ވަނަ އަހަރު ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ފަހު، އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް، މޫސަ ވަނީ ވަރަށް ފޯރީގައި ކެމްޕޭންވެސް ކޮށްދެއްވާފައެވެ.

މޫސަ މި މޭރުމުން ވާހަކަދައްވާފައިވާއިރު، ނަޝީދު ވަނީ ރޭ އެ ޕާޓީއަށް ސޮއި ކުރައްވައި، އެމްޑީޕީ ރޫޅާލެއްވުމަށް ހަރު އަޑުން ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު