މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫއަށް ކައިރިކޮށްފައިި އޮތް ތެޔޮ ބޯޓެއް އެ ރަށު ޖެޓީގެ ޝީޓް ޕައިލްއެއްގައި ޖެހިގެން ފަޅައިގެން ގޮސްފިއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިއީ އެފްއެސްއެމްގެ ތެޔޮ ބޯޓެެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެ ބޯޓުން ތަނެއް ފަޅައިގެން ދިޔަ ކަމަށާއި، އެކަމުގެ ސަބަބުން ބޯޓު އޮތީ ށ. މަތިކޮމަންޑޫއަށް ބީއްސާލާފައި ކަމަށެވެ. ފަޅައިގެން ދިޔަ ތަނުގައި އުނގުރިއެއް ޖަހައި ދިޔަވުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް މައުލޫމާތު ދެއެވެ.
މި ޙާދިސާ ހިނގިއިރު އޭގެ ސަބަބުން ކަނޑަށް އެއްވެސް ވަރަކަށް ތެޔޮ ބޭރުވި ކަމަކަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ލިބިފައެއް ނުވެއެވެ،
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:00 ގައި ކަމަށާއި، އެ ވަގުތުން ފެށިގެން ޑައިވަރުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ޚަބަރު ލިބެއެވެ.