5 ޖީ ވަޔަލެސް ނެޓްވޯކް ތަޢާރަފުކުރެވުނުތާ ދުވަސްކޮޅެއްވެއްޖެއެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅު، 5 ޖީގެ ޚިދުމަތް ތަޢާރަފުވެގެން މިހާ ހިސާބަށް އައިއިރު އުފެދޭ ސުވާލަކީ، 6 ޖީ ވަޔަލެސް ނެޓް ވޯކް ލިބެން ފަށާނީ ކިހާ ހިސާބެއްގައިތޯއެެވެ؟
ޓެކްނޮލޮޖީ އަކީ އަބަދުވެސް ކުރިއަރައިގެންދާ އެއްޗެއްކަމުން، އަބަދުވަސް މީހުންގެ ނަޒަރު ހުއްޓިފައި ހުންނާނީ އަދަށްވުރެ، ފަސޭހަ ހަލުވިކޮށް ކަންތައްތަައް ކުރެވޭނެ މަގެއް ފެނުން ކަމަށް ދެކޭތީއާއެކު، 5 ޖީ ފަސްދީ 6 ޖީއަށް ބަދަލުކޮށްލާނެ ހިނދުކޮޅަކީ ގިނަ ބައެއްގެ އުންމީދާ ގުޅިފައިވާ މުހިއްމު ހިނދުކޮޅަކަށް ވާނެއެވެ.
ހަމައެހެންމެ، ވިޔަފާރިތަކާއި އިޤްޞާދު ބަރޯވާ އެންމެ މުހިއްމު ދާއިރާއަކީ ޓެކްނޮލޮޖީގެ ފަސޭހަ މަގެވެ. ދުނިޔާގެ ވިޔަފާރިތައް ފުޅާވެ ކުރިއަރައިގެންދަނީ ޒަމާނީ ފަހި ވިސްނުން ހިމެނޭ ޓެކްނޮލޮޖީގެ ފަސޭހަތަކާ އެކުގައެވެ. އެހެނީ ވިޔަފާރިތައް ފުޅާކުރުމާއި، އައު ވައްޓަފާޅިތައް ވިޔަފާރިއަށް ވައްދައި މާކެޓްކުރެވޭނެ އެންމެ ފަސޭހަ ކަން ލިބިގެންވަނީ ހަލުވި އިންޓަރނެޓުގެ ޒަރީޢާއިންނެވެ.
ނެޓްވޯކްގެ އައު ޖެނަރޭޝަނަކަށް ފުންމާލަން، ގިނަ ބައެއްގެ ހިތް އެދެމުންދަނީ މި ދެންނެވި ލުއިފަސޭހަ މަގު އިޚްތިޔާރުކުރުމުގެ ގޮތުންނެވެ.
ހަމަ ޔަޤީނުންވެސް 6 ޖީ ނެޓްވޯކް ވެގެންދާނީ ހަލުވި ޚިދުމަތަކަށެވެ. އިނޮވޭޓިވް ވިސްނުންތަކާއެކު އިޖާދުކުރެވޭ އެ ނެޓްވޯކުން މިހާރު މިލިބޭ ޚިދުމަތަށްވުރެ މާ ހަލުވި، މާ އަވަސް ކަވަރޭޖެއް ލިބޭނެ ކަމާމެދު ޝައްކެތް ނެތެވެ.
6 ޖީ ނެޓްވޯކް އަންނާނެއެވެ.
6 ޖީ ނެޓްވޯކް ތަޢާރަފުކުރެވޭނެ ކަމަށް މިހާރު ބެލެވެނީ 2030 ގައެވެ.