Thursday, 18 April 2024

އިސްލާމްދީނުގެ ތަސާމަހު ހާމަވީ ނަބަވީ ހިޖުރައިގެ ސަބަބުން: ހުކުރު ޚުޠުބާ

އިސްލާމްދީނުގެ ތަސާމަހު ހާމަވީ ނަބަވީ ހިޖުރައިގެ ސަބަބުން ކަމަށާއި، އެހެންދީންތަކުގެ މުސްލިންނާ ދެމެދު، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމު ކުރުމާއި، ފައިދާ ލިބިގަތުމާއި މައުލޫމާތު ބަދަލުކުރުމުގެ އުސޫލު ތައާރަފުވިކަން މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ވަނީ، ނަބަވީ ހިޖުރައިގެ މުހިންމުކަން ފާހަގަކޮށްފައެވެ. އެގޮތުން، އިސްލާމްދީނުގެ ތަސާމަހު ހާމަވީ ނަބަވީ ހިޖުރައިގެ ސަބަބުން ކަމަށާއި، އެހެންދީންތަކުގެ މުސްލިންނާ ދެމެދު، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމު ކުރުމާއި، ފައިދާ ލިބިގަތުމާއި މައުލޫމާތު ބަދަލުކުރުމުގެ އުސޫލު ތައާރަފުވިކަން ހުތުބާގައި ފާހަގަކުރެއެވެ.

"ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައަކީ، ދީނަށް ނަސްރު ހޯދައިދެއްވުމަށްޓަކައި އެޅުއްވި ހަރުދަނާ ފިޔަވަޅެކެވެ. އެއީ ޖިހާދުގެ މައިދާން މައްކާއިން މަދީނާގެ ބިމަށް ބަދަލުކުރެއްވުމެވެ. ހައްގުގެ މައްޗަށް ބާތިލްވެރިވެގަތުމަށް ހުރަސް އެޅުމަށްޓަކައެވެ. އިސްލާމީ ދައުވަތުގެ ދުވަހި ކުރިއަށް ވުރެ ބާރުވެރިކުރަމަށްޓަކައެވެ."
ހުތުބާގައި ބުނެފައިވެއެވެ،
"ހިޖްރައިގެ ޒިކްރާއާއި ފިލާވަޅުތައް" މި މަޢުޟޫއުގެ މައްޗަށް ހާއްސަކޮށް، ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވަނީ، މުސްލިމުންނަށް ނަސްރާއި ނަސީބު ލިބެން ފެށީ، މަދީނާގައި މުސްލިމުންނަށް ހަމަޖެހުން ލިބުމުންކަން ފާހަގަކޮށްފައެވެ.

ހިޖްރައިން ދަސްވާ އިތުރު އެހެން ފިލާވަޅަކީ، ވަތަންދެކެ ލޯބިވުންކަން ހުތުބާގައި ފާހަގަކުރިއެވެ. އަދިި މައްކާ ދޫކުރައްވާ ކީރިތި ރަސޫލާ ﷺ ނުކުމެ ވަޑައިގަންނަވަމުން މައްކާއާ މުހާތަބުކުރައްވާ ހަދީސްކުރެއްވި އަސަރު ގަދަ ބަސްފުޅުތަކަކީ މިއަދުގެ މުސްލިމުންނަށް ވަތަންދެކެ ލޯބިވުމަށްޓަކައި އަގުހުރި ފިލާވަޅެއް ކަމަށް ހުކުރު ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހުތުބާގައި ބުނީ، މާތް ﷲ ރުއްސުންލެއްވި އުމަރުގެފާނުގެ ހިލާފަތުގެ ތިންވަނަ އަހަރު، އިސްލާމީ ކަލަންޑަރުގެ ފެށުމަކީ، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖްރަކުރެއްވި ތާރީހުކަމުގައި ނިންމެވީ، އަހަރެއް ނިމި އަހަރެއް ފެށޭއިރު، މުސްލިމުންގެ ހިތުގައި ދީނީ ރޫހު އާލާވާނެ ހާދިސާއެއްގެ ޒިކުރު ދެމެހެއްޓުމަށްޓަކައި ކަމަށެވެ.

އިސްލާމްދީނަކީ ވަކި މީހެއްގެ މަސްހޫލިއްޔަތެއް ނޫންކަން ފާހަގަކޮށް، ހުތުބާގައި ބުނީ ނަސާރާއިންނާ ދިމާއިދިކޮޅަށް، ކީރިތި ރަސޫލާގެ އަސްހާބުން، ރަސޫލާގެ އީދު މީލާދުން ފެށިގެން އިސްލާމީ ތީރީހު ޖަހަން ނުފެށީ އެކަލޭގެފާނު ގެންނެވި ރިސާލަތާއި، ހިދާޔަތާ މީސްތަކުން ދުރައްޖެހިދާނެތީ ކަމަށެވެ.

"މާތް ރަސޫލާ ﷺގެ ނަބަވީ ހިޖްރައަކީ، ފިކުރީ އަދި ސުލޫކީ މަދްރަސާއެކެވެ. ދުނިޔޭގެ ތާރީހަށް ބިނާކުރަނިވި އިންގިލާބެއްގެނައި މި ހާދިސާއަށް ފުންކޮށް ދިރާސާކުރަން ވަނީ ޖެހިފައެވެ. މި ދީނުގެ ރިސާލަތު ރަނގަޅަށް ދޭހަކުރުމަށްޓަކައެވެ. ހަޔާތުގައި މި ރިސާލަތުގެ ދައުރު ދެނެގަތުމަށްޓަކައެވެ. ނަބަވީ ހިޖްރައިގެ ހާދިސާއިން ފެންނަނީ، މާތް ﷲއަށް ފުރިހަމައަށް އިތުބާރު ކުރާ އަޖާލާ ކުރިމަގަކަށް އިންތިޒާރުކުރާ، އުއްމީދުން ފުރިގެންވާ މުމިންގެ މަލަތަކެވެ."

ހުތުބާގައި ބުނެފައިވެއެެވެ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *