25 ޖަނަވަރީ 2025

އެމްޕީއެލް ރީބްރޭޑްކޮށް، އައު ލޯގޯއާއި ކުލަ ލޯންޗުކޮށްފި

ދިވެހިރާއްޖޭގެ ވިޔަފާރީގެ މައި ބަނދަރު ބަލަހައްޓާ ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމް.ޕީ.އެލް ރީބްރޭންޑްކޮށް ކުންފުނީގެ އައު ލޯގޯއާއި ކުލަ ލޯންޗްކޮށްފިއެވެ.

އެމްޕީއެލްއަށް 36 އަހަރު ފުރިފައިވާއިރު، މިއީ އެކުންފުނީގެ ތާރީޚުގައި އެ ކުންފުނި ރީބްރޭންޑްކުރި ފުރަތަމަ ފަހަރުކަން އެނގިފައިވެއެވެ.

ކުރިން މޯލްޑިވްސް ޕޯޓްސް އޮޓޯރިޓީ، އެމް.ޕީ.އޭގެ ނަމުގައި ހިންގުމަށް ފަހު، 2008 ވަނަ އަހަރު އެމް.ޕީ.އޭ ކޯޕޮރަޓައިޒްކޮށް ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުވި، މި ދިގު މަރުޙަލާގައި، އެނގިފައިވާގޮތުގައި،  މިހާތަނަށްވެސް އެމްޕީއެލްއިން ބޭނުންކުރަމުން ދިޔައީ މީގެ 27 އަހަރު ކުރިން ބޭނުންކުރަމުން ދިޔަ ލޯގޯއެވެ.

Image

އެމްޕީއެލްގެ އައު ލޯގޯއާއި ކުލަ ލޯންޗްކުރުމަށް ރޭ ހެންވޭރު ދަނޑުގައި ބޭއްވި އެ ކުންފުނީގެ އަހަރީ "ސްޓާފް ނައިޓް" ގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، 27 އަހަރު ވީ ލޯގޯ ބަދަލުކޮށް، ކުންފުނި ރީބްރޭންޑްކުރީ ޕޯޓުގެ ޚިދުމަތް ޒަމާނީ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައިކަމަށެވެ.

އޭނާ ވިދާޅުވީ، ޕޯޓުގެ ޚިދުމަތައް ކުރިއެރުންތަކެއް ލިބިއްޖެކަމަށާއި ވަރަށް ގިނަ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވިފައިވާކަމަށާއި އެހެންނަމަވެސް، މިހާތަނަށް ކުންފުނީގެ ބްރޭންޑް އިމޭޖް އަދި ބްރޭންޑިންގ އެއް ހެދުމަށް އެއްވެސް މަސައްކަތެއް އޮތީ ނުކުރެވިކމުގައެވެ.

Image

ފާއިތުވި 4 އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކޯޕަރޭޓް ގަވަނަންސް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޕީއެލް ރީބްރޭންޑް ކޮށްފައިވާއިރު، ރީބްރޭންޑިންގއަށް ގެނައި އެންމެ މުހިންމު އެއް ބަދަލަކީ ޕޯޓު އޮޕަރޭޝަންގެ އެކި ދާއިރާތަކާއި ގުޅޭގޮތުން ޔުނީފޯމު ތައްޔާރުރުންކަމަށް އެމްޕީއެލްއިން ހާމަކޮށްފައިވާ އިރު، ޒަމާނީ ޕޯޓުތަކުގައި މިހާރު ބޭނުންކުރާގޮތަށް ޕޯޓުގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު ވަކިން ވެސްޓް ލާންނުޖެހޭނެއެވެ. އަދި މިހާރު ތައްޔާރުކޮށްފައިވާ ޔުނިފޯމްތަކުގައި "ހައި ވިޒިބިލިޓީ" ފަށްތައް ހިމެނިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު