އިސްތާކީނު ތެރެއަށް "ފިޔާ"އެއް ލައިގެން ނިދާބަލަ! ނަތީޖާ ފެންނާނެ.

އިސްތާކީނާއި ފިޔާއާ ދެމެދު އޮތް ގުޅުމަކީ ކޮބައިހެއްޔެވެ؟

ނިދަންވީމަ ފަޔަށް ލާ އިސްތާކީނު ތެރެއަށް ފިޔާއެއް ލީމަ ވާނީ ކިހިނެއް ހެއްޔެވެ؟

މި ސުވާލުތަކާ ދޭތެރޭ އަނެއްކާވެސް އުފެދޭނީ އިތުރު ސުވާލުތަކެއް ކަމަށް ޤަބޫލު ކުރެވެއެވެ.

ހަމަގައިމުވެސް ނިދުމުގެ ކުރިން މިކަން ކޮށްލައިފިނަމަ، ތިބާގެ ހަށިގަނޑު ތިބާއަށް ޝުކުރު އަދާކުރާނެއެވެ. އަދި އަނެއްކާ ދެވަނަ ފަހަރުވެސް އިސްތާކީނު ތެރެއަށް ފިޔާއެއް ލައިގެން ނިދާލަން ބޭނުންވާނެއެވެ. ތިންވަނަ ފަހަރުވެސް އަދި ހަތަރު ވަނަ ފަހަރުވެސް، އަދި ވަރަށް ގިނަ ފަހަރު މިކަން ކުރަން ބޭނުންވާނެއެވެ.

މިގޮތަށް ޢަމަލުކޮށްފިނަމަ ނުކުންނާނެ ފުރަތަމަ ނަތީޖާއަކީ ރަނގަޅަށް ނިދާލެވުމެވެ.

ފިޔާއަކީ އޭގައި އެތަކެއް ފައިދާތަކެއް ހިމެނޭ ތަރުކާރީއެކެވެ. ޞިއްޙީ އެތަކެއް ފައިދާތަކެކެވެ. ސައިންސްވެރިންގެ ހޯދުންތަކުން މިކަން އޮތީ ފެންނާށެވެ.

ފިނީގެ ސަބަބުން ނަމަވެސް، މާ ބޮޑަށް ރޯގަލުގެ އަސަރު ގަދަވާކަން ތިބާއަށް ވަޒަންކުރެވޭ ހެއްޔެވެ؟ ނޫނީ އިންފެކްޝަނެއްގެ ސަބަބުން އަރިދަފުސް އަޅާ ރޯގާ ބާރުވޭ ހެއްޔެވެ؟ އާއެކެވެ. ފިޔާއަކީ ރޯގަލުގެ ސަބަބުން ވާ އުނދަގޫތަކަށް ފަރުވާއެކެެވެ. އެހެންވެ، ރޯގަލުގެ އަސަރު ބޮޑަށް ހުންނަ މީހުން އިސްތާކީނު ތެރެއަށް ފިޔާއެއް ލައިގެން ނިދުމަކީ މުހިއްމު ކަމެކެވެ.

އެގޮތަށް ކަންތައް ކުރެވިއްޖެނަމަ، ހޭލާއިރު ރޯގަލުގެ އަސަރު ކުޑަވާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. ނޫންނަމަ، ބާލީހުގެ ދަށަށް ފިޔާލައިގެން ނިދުމަކީވެސް ކުރެވިދާނެ ކަމެކެވެ. މިކަމަކީ ތަންކޮޅެއް ކުރީ ޒަމާނުގައިވެސް މީހުން ކޮށް އުޅުނު ކަމެއް ކަމަށް ބުނެވެއެވެ.

މިކަމަށް ޖެހިލުން ނުވާށެވެ. އަޖުމަ ބަލާލަމާ ހިނގާށެވެ.

ފިޔާއެއް އިސްތާކީނު ތެރެއަށް ލައިގެން ނިދުމުންވާ އަނެއް ފައިދާއަކީ އިންފެކްޝަންތަކުން ދުރުކޮށްދިނުމެވެ. ފިޔާގައި ހިމެނޭ އެންޓިބަޔޮޓިކް މާއްދާގެ ސަބަބުން އިންފެކްޝަނާ ދެކޮޅަށް މަސައްކަތްކުރެއެވެ. ހަނދާންކުރާށެވެ. މިކަމަކީ ބޭސް ސިޓީއެއް ބޭނުންވާނެ ކަމެއް ނޫނެވެ. އަމިއްލައަށްވެސް ކޮށްލެވޭނެ ކަމެކެވެ. މިއީ ހަށިގަނޑުގެ ސަލާމަތަށްޓަކައި، އަދި ދިފާއީ ނިޒާމަށްޓަަކައި ކޮށްލެވޭނެ އަމިއްލަ ފަރުވާއެކެވެ.

މީގެއިތުރުން، ފިޔާގައި ހިމެނޭ ފޮސްފޮރިކް އެސިޑްގެ ސަބަބުން މާހައުލުގައި އެކުލެވޭ ވިހަތައް ސާފުކޮށްދެއެެވެ. ގަވާއިދުން ފިޔާ ބޭނުންކުރުމަކީ ގޭތެރެއާއި ދިރިއުޅޭ މާހައުލުގައި ހުންނަ ވިހަތައް ސާފުކޮށްދީ ހަށިގަނޑަށް އިތުރު ތާޒާކަމެއް ލިއްބައިދޭނެ ކަމެކެވެ.

ފިޔާގައި ހިމެނޭ މާއްދާތަކުގެ ތެރެއިން 90 އިންސައްތައަކީ ފެނެވެ. އޭގެ މާނައަކީ ފިޔާ ބޭނުންކުރުމުން ހަށިގަނޑުގައި ތެތްކަށް ހިފަހައްޓައި ދެއެވެ. ހަންގަޑު ހިކިގެން ނުގޮސް ތެތްކަމުގައި ބެހެއްޓުމުން، ހަށިގަނޑުގެ ގުނަވަންތަކަށް ދިރުން އާދެއެވެ. ފަސޭހަކަމާއެކީ އެ ގުނަވަންތައް ހަރަކާތްކުރެއެވެ. މުޅި ހަށިގަނޑުގެ ތެރޭގައި ދައުރުވާ ފެން އެއް މިނެއްގައި ހިފަހައްޓައިދީ ހަށިގަނޑު ޑީހައިޑްރޭޓް ވުމުން ސަލާމަތްކޮށްދެއެވެ. ބައެއް ފަހަރު ފެން ބޯން ހަނދާނެއް ނުހުރެއެވެ. އެހެެންކަމުން، ހަށިގަނޑުގައި ފެނުގެ އަސަރު ހިފެހެއްޓުމަށް ފިޔާއަކީ ބޭނުންތެރި ތަރުކާރީއެކެވެ.

ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ވިޓަމިން "އީ" އާއި "ސީ" ބޭނުންވެއެވެ. ފިޔާ ބޭނުންކުރުމުން، މި ދެމާއްދާ ހަށިގަނޑަށް ލިއްބައިދެއެވެ. މާނައަކީ ފިޔާގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދެއެވެ. ނަތީޖާއަކީ ބަލިމަޑުކަމުން ތިމާގެ ހަށިގަނޑު ސަލާމަތްވުމެވެ.

ހަމައެހެންމެ، ފިޔާއަކީ ބަރުދަން ލުއިކޮށްދީ ތިމާގެ ހަށިގަނޑުގެ ބެލެންސް ހިފަހައްޓައި ދިނުމަށް އެހީތެރިވޭ ދޭ އެއްޗެކެެވެ. މިކަމުގައި ތައިރޮއިޑާއި ހޯމޯންސް އަދާކުރަނީ މުހިއްމު ދައުރެކެވެ. ފިޔާއާއެކު ނިދުމުން ހޯމޯންސްއާއި ތައިރޮއިގެ ހަރަކާތް އިތުރުވެ، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ.

އިންސާނާގެ ފުއްޕާ މެއަކީ ހަށިގަނޑަށް މުހިއްމު ގުނަވަނެކެވެ. ފިޔާގެ ސަބަބުން ފުއްޕާމޭ ސާފުކޮށްދީ، ނުރައްކާތެރި މާއްދާތަކުން ފުއްޕާމޭ ސަލާމަތްކޮށްދެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ފުއްޕާމެއަށް ދުމުގެ ސަބަބުން ލިބިފައި ހުންނަ ގެއްލުންތަކުން ސަލާމަތްކޮށްދޭ ކަަމަށް ދިރާސާތަކުގައި ފާހަގަކޮށްފައި ހުރެއެވެ. އެހެންކަމުން ފިޔާ ބޭނުންކުރާ މީހުންގެ ފުއްޕާމޭ ސާފުވެ، ފަންކްޝަން ކުރުމަށް ފަސޭހަވެގެންދެއެވެ.

އެހެންކަމުން، އިސްތާކީނު ތެރެއަށް ފިޔާއެއް ލައިގެން ނިދާށެވެ. ޞިއްޙީ އެތައް ފައިދާއެއް ލިބޭނެއެވެ. ނަތީޖާ ފެންނާނެއެވެ.

 

 

 

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު