ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްްދެވި ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަށް ފަހު އެމަނިކުފާނު ކުރިން އުޅުއްވި ޕާޓީ ރުޅާލާނެ ކަމަށް ވިދާޅުވުމުން އެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރައްދު ދެއްވައިފިއެވެ. ފައްޔާޒު ވިދާޅުވީ، ނަޝީދު ޕާޓީ ރޫޅާލުމުގެ ވާހަކައަކީ އެމަނިކުފާނު ދެކޭ ހުވަފެނެއް ފަދަ ކަމެއް ކަމަށެވެ.
ޑިމޮކްރެޓްސްއަށް ރައީސް ނަޝީދު ސޮއިކުރެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އެމްޑީޕީގައި ތިބި ނަޝީދުގެ ރަހުމަތްތެރިން ވެސް އެ ޕާޓީން ވަކިވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
އެކަމަށް ރައްދުދެއްވައި ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ،
"ނަޝީދު ޕާޓީ ރޫޅާލުމުގެ ވާހަކައަކީ އެމަނިކުފާނު ދެކޭ ހުވަފެނެއް ފަދަ ކަމެއް. ކަމެއް ނުވެސް ވާނެ. ވިޔަވެސް ނުދޭނަން,"
އެރޭ ބޭއްވި ރޭ ބޭއްވި ޖަލްސާއެއްގައި ނަޝީދު ވަނީ "ކެޔޮގަނޑުގެ ފޫވައް، ވެއްޓިއްޖެ" ކަމަށެވެ. އަދި ޕާޓީ ރޫޅާލާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
"އެމްޑީޕީ ރޫޅާލާ ވާހަކަ ނަޝީދު ދެއްކެވީ ޒާތީ ކަމެއްގައި ގޮތުގައި. އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވައިގެން އެމްޑީޕީން ދުރުވި ބައެއް ބޭފުޅުންނަކީ ވެސް ޒާތީ ކަމެއްގައި ޕާޓީއާ ދުރުވި ބޭފުޅުން,"
ފައްޔާޒް ވިދާޅުވިއެވެ.
ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ޙަރަކާތެރިވި އެއް ބޭފުޅެކެވެ.
އެމްޑީޕީ ރުޅާލާނެ ކަމަށް ނަޝީދު ވިދާޅުވިއިރު މިވަގުތު ވެސް ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީ އެވެ. ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބަށް ވެސް އެ ޕާޓީން ވަނީ ކެމްޕޭނު ފަށާފައެވެ. ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ދެވަނަ ދައުރެއް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކެމްޕޭން ފަށްޓަވާފައިވާއިރު އެމްޑީޕީން ވަނީ އެމްޑީއޭ އަދި އަދާލަތު ޕާޓީއާ އެކު ވެސް ކޯލިޝަން ހަދާފައެވެ.