ރިޔާސީ އިންތިހާބުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށް ވާދަ ނުކުރެއްވޭނަމަ ޕީޕީއެމް އޮޔާދާން ދޫކޮށްލާފާއި އޮތުމަށް ވުރެ އެހެން ކެންޑިޑޭޓަކު ނެރެ ދެއްކުމަކީ ރަނގަޅު ކަމެއް ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށް ސަލަފު ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ. ސަލަފުގެ ރައީސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރާން މިވަގުތު އޮތީ އެމްޑީޕީ އާއި ޖޭޕީ އާއި އެމްއެންޕީ އަދި ޕީޕީއެމް ކަމަށާއި، އެކަމަކު ޕީޕީއެމްގެ ކެންޑިިޑެންސީ ރައީސް ޢަބްދުﷲ ޔާމީނަށް ބަންދުވުމާއި ނުވުމާއި މެދު އަދިވެސް ގޮތެއް ސާފުނާ ކަމަށް ޢަބުދުﷲ ވިދާޅުވިއެވެ.
"ނަމަވެސް އެމަގު ބަންދުވެއްޖެނަމަ ޕާޓީ އޮޔާދާން އޮތުމަށްވުރެ ރަނގަޅުކަމުގައި ގިނަ ބަޔަކު ދެކެނީ އިތުރު ކެންޑިޑޭޓަކު ދެއްކުން. އަދި އެއީ ރައީސް ވަހީދު ކަމުގައިވުމަކީ ފައިދާ ބޮޑުގޮތް" އަބްދުﷲ ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރައީސް ޔާމީނަށް ސަލަފުން ތާޢީދުކުރައްވާފައިވާއިރު، ސަލަފަކީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ވަރަށް ގިނަ އިލްމުވެރި ހިމެނޭ، ދީނީ ކަންކަމުގައިއާއި ސިޔާސީ ކަންކަމުގައިވެސް އަޑުއުފުލާ ނުފޫޒު ގަދަ ޖަމާއަތެކެވެ.