25 ޖަނަވަރީ 2025

މުއްޔާއި ނާލާފުށި ކޯޒްވޭއަކުން މިއަހަރު ގުޅާލަން ފަށާނެ: ރައީސް ޞާލިޙް

މ. އަތޮޅު މުއްޔާއި އެ އަތޮޅު ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް މި އަހަރު ފެށިގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވެފައިވަނީ،  މ. އަތޮޅަށް މިހާރު ކުރައްވަމުންދާ ގެންދަވާ ދަތުރުފުޅުގައި ނާލާފުއްޓަށް ވަޑައިގެން ދެެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޞާލިޙު ވިދާޅުވެފައި ވަނީ މުލީ އެއާޕޯޓް މިއަހަރު ނިންމާލައި ދެން ފަށަން ޕްލޭންކޮށްފައިވާ މަޝްރޫއަކީ މުލި އަދި ނާލާފުށި ގުޅާލުމުގެ މަސައްކަތް ކަމަށެވެ.

މުއްޔާއި ނާލާފުށި ގުޅާލުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙުގެ ވައުދެކެވެ. އެކަން އެމަނިކުފާނު މިއަދުވެސް އަނެއްކާ ތަކުރާރު ކުރެއްވިއެވެ.

"އިރާދަކުރެވިއްޔާ މިހާރު އޮތީ އެ މަޝްރޫއު ޕްލޭން ކުރެވިފަ. ކުރިއަށް އޮތް އަހަރު ތެރޭގަ އެއާޕޯޓް ނިމުމާއެކީގަ، މިއަހަރު އިރާދަކުރެއްވިއްޔާ އެއާޕޯޓް ނިމޭނެ، ނިމުމާ އެކީގަ މިދެރަށް ގުޅާލުމުގެ މަޝްރޫއު އަޅުގަނޑުމެން ފަށައިގަންނާނަން،"

ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދެ ރަށް ގުޅާލުމުން ދެ ރަށަށް ވެސް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ނާލާފުށިން ނުލިބޭ ހިދުމަތްތައް ހޯދަން މުއްޔަށް ފަސޭހަކަމާއެކު އެއްގަމު މަގުން ދެވޭނެ މަގު ފަހިވެގެން ދާނެކަމަށެވެ.

މިރަށަށް ރައީސް މިއަދު ވަނީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް، ބިން ހިއްކައިގެން ފްލެޓް ނުވަތަ ރޯހައުސް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި މިހާރު ހުއްޓިފައިވާ ފެނާ ނަރުދަމާގެ މަސައްކަތަށް ހައްލެއް ގެނެސްދީ އަވަހަށް ނިންމައިދެއްވާނެ ކަމަށް ވެސް ވަޢުދުވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު