Thursday, 18 April 2024

އިންޑިއާއިން ހަނދަށް، ތިންވަނަ ފަހަރަށް!

އިންޑިއާއިން ހަނދަށް ދަތުރު ކުރާ ތިން ވަނަ މިޝަން އިއްޔެ ލޯންޗު ކޮށްފިއެވެ.

މިޝަންގެ އަމާޒަކީ ހަނދުގެ ދެކުނު ފަޅި ބަލައި ދިރާސާތައް ކުރިޔަށް ގެންދިއުން ކަމަށް ޚަބަރު ލިބެއެވެ.

މި މިޝަންގައި ޗަންދްރަޔާން 3، ސްރީހަަރިކޯޓާ ސްޕޭސް ސެންޓަރުން ހުކުރު ދުވަހު އުދުހިގަތީ އޯބިޓާއަކާއި ލޭންޑަރެއް އަދި ރޯވާއެއް ހިމެނޭ ގޮތަށް ކަމަށްވާއިރު، މި ދަތުރުގައި އަންނަ އޯގަސްޓު 24 ގައި ހަނދާ ހަމައަށް ވާސީލުވާނެ ކަމަށާއި، އިއްޔެ ދަތުރު ފެށި ޗަންދްރަޔާން -3 ބަރުދަަނުގައި 3900 ކިލޯ ހުންނަކަމަށް އިންޑިޔާގެ މީޑިޔާތަކުގައި އާންމުކޮށްފައިވެއެވެ.

ޗަންދްރަޔާން- 3 ގެ ދަތުރުު ފެށުމާއެކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ މިއީ އިންޑިއާ ޖައްވީ މަސައްކަތުގައި މުޅިން ތާރީހެއް ލިޔާ ޞަފުހާއެއް ކަމަށާއި މިއީ އިންޑިއާއަށް ފަހުރުވެރިކަން ގެނެސްދޭނެ މިޝަނެއް ކަމަށެވެ.

ހަނދުގެ މިޝަނެއް އެންމެ ފަހުން އިންޑިއާއިން ޖުލައި 2019 ހިންގ ނަމަވެސް،  މިޝަން ކާމިޔާބު ވެފައެއް ނުވެއެވެ. އެފަހަރު ހަނދުގައި ޖައްސަަން އުޅުމުގެ ތެރޭގައި އެ އުޅަނދު ވެއްޓުނީ އެވެ. އިންޑިއާގެ އެންމެ ފުރަތަމަ ހަނދުގެ މިޝަން ފެށީ 2008 ގައެވެ.

މި މިޝަން ކާމިޔާބު ވެއްޖެނަމަ އިންޑިއާ ވެގެންދާނީ ހަނދަށް އުޅަނދެއް ތިރި ކުރި ހަތަރު ވަނަ ގައުމަށެވެ. މި ރިކޯޑްތައް މިހާތަނަށް އޮތީ އެމެރިކާ ޗައިނާ އާއި ރަޝިއާ އަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *