ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރިސޯޓް ހަދަން ރަށްރަށް ދޫކުރުމުގައި އެތައް ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
މިހެން އެމަނިކުފާނު ވިދާޅުވީ، ރިޔާސީ ކެމްޕެއިންގައި މުލަކުއަތޮޅު ކޮޅުފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ ރަށާއި ކައިރީން ވަޒީފާގެ ފުރުސަތު ތަނަވަސް ވުމަކީ ކޮންމެ ރަށެއްގެ ރައްޔިތުން ވެސް އެދޭ އެދުމެއް ކަމަށާއި، ކޮޅުފުށީގެ ރައްޔިތުން ވެސް އެކަމަށް އުންމީދު ކުރާ ކަމަށެވެ.
ކޮޅުފުށީ ކައިރީ ރިސޯޓް ހަދަން ރައީސް ޔާމީންގެ ސަރުކާރުގައި ރަށް ދޫކޮށްފައިވާ ކަމަށާއި، ކޮޅުފުށީ ކައިރީން ތިން ރަށް ދޫކުުރީ އެއް ރަށުގެ ގޮތުގައި ކަމަށާއި، އަދި ބައެއް ރަށްރަށް ދެ ޕާޓީއަށް ވިއްކާފައިވާ ކަމަށާއި، އަދި ރިސޯޓް ހަދަން ދޫކުރި ރަށް ނޫން އެހެން ރަށެއްގައި ވެސް ރިސޯޓް ތަރައްގީ ކުރުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބައެއް ރަށްރަށް އެބަހުރި ދެ މީހުންނަށް ދީފައި. އަނެއްކާ ދިން ރަށް ނޫން ރަށްރަށުގައި ރިސޯޓް ހަދާފައިވެސް އެބަހުރި. އޮޅިގެން. ނަން އޮޅިގެން ކަމަށް ބުނެ. މިހެން ގޮސް އަޅުގަނޑު ދަންނަވާނީ އެތައް އެތައް ޖަރީމާއެއް އެބަހުރި ހިންގާފައި،"
ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރިސޯޓް ހަދަން ރަށްރަށް ދޫކުރުމުގައި އެތައް ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއިރު ކުރީ ސަރުކާރުގައި ވަނީ އެމްއެމްޕީއާރުސީ ތެރޭ ހިނގިކަމަށޤ ބުނާ ޝަރީޢަތްތައް ކޯޓްތަކުގައި ކުރިއަށްދާކަން ފާހަގަ ކުރެވެއެވެ.