އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ ނައިބު އަފްޝަން ލަތީފް މިއަދު މީޑިއާތަކަށް ވިދާޅުވެފައިވަނީ ޕާޓީގެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މާދަމާ ބާއްވާނެކަމަށާއި މެނިފެސްޓޯ އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"ބައްދަލުވުމުގައި އިސްކަން ދެނީ ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމާ، މެނިފެސްޓޯ އެކުލަވާލަން،"
ދަ ޑިމޮކްރޭޓްސްއިން ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަން ނިންމާފައިވާއިރު، ދާދިފަހުން އެ ޕާޓީއާ އުފެއްދުމުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ޔާމިން ވެސް އަދި ރައީސް ނަޝީދު ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރުން އެއީ އެންމެ ރަގަޅު ގޮތް ކަމަށް ވިދާޅުވެފައެވެ. އަދި ދެ ޕާޓީން އެކުވެެ އެއް ކެނޑިޑޭޓެއް ނެރެން ނަޝީދު ވަނީ ހިޔާލު ހުށަހަޅުއްވާފައިވީނަމަވެސް ރައީސް ނަޝީދުގެ އެ ހިޔާލުފުޅަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ދެކޮޅު ހައްދަވާފައެވެ.
ދަ ޑިމޮކްރޭޓްސް އާއި ޕީޕީއެމް ކޮލިޝަން އެކުގައި ރިޔާސީ އިންތިހާބަށް ނުކުތުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަތަރު ވަރަކަށް ރަސްމީ ބައްދަލުވުން ކުރިއަށް ގެންދިޔައެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން މިމަހު 23 އިން އަންނަ އޯގަސްޓް މަހުގެ 3 އާއި ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ރިޔަސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ އޮންނަނީ ސެޕްޓެންބަރު 30 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތިޔަޕާޓީ އަކުން އައްނި ނޫން މީހަކު ކުރިމަތި ނުލާނެ ތިޔައުޅެނީ ކާކު ކީކޭތޯ ބުނާނެ ކަމައް
ޜާއްޖެ މީހާ ތިބުނީ ހަމަ ތެދެއް އެޕާރޓީގަ އަންނި ނޫނީ މީހަކަށްވާ ކަހަލަ މީހަކުވެސް އަދި ނެތް ފެންނާކަށް. ދެން މަޝްވަރާ ކުމުގެ ގޮތް ދައްކަނީ.ތިަޔ ޕާރޓީ އުފެއްދުމުގެ ކުރިންވެސް ކެންޑިޑޭޓް ވަނީ ކަނޑައަޅާފަ ޢެހެން ނޫނަސް އެހެން މީހަކަށް ކުރިމަތި ލާކަށްވެސް ނުކެރޭނެތާ. މިޕާޓީއަކީ އަންނިގެ ޕާރޓި ވިއްޔަ. ޕާރޓީ އުފެއްދުމުގެ ބޭނުމަކީވެސް އަންނި ވެރިކަމަށް ކުރިމަތިލުން ޢަނެއްކާ ހަނދާންކޮށްލާ އެމްޑީޕީގައި ކަންތައް ހިނގާ ދިޔަގޮތް. ވެރިކަމަށް ކުރިމަތިލާން ނިންމި ކޮންމެ މީހަކު ވަނީ ޕާރޓީން ބޭރުކޮށްފަ އަންނިގެ ބާރުގަ.