މި އަހަރު ގެފުޅުގެ އުރަކޮޅު ބަދަލުކުރުން ޖުލައި 18 ގައި

މި އަހަރު ގެފުޅުގެ އުރަކޮޅު ބަދަލުކުރުން ޖުލައި 18 ވާ އަންގާރަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. އެއީ ހިޖްރީގޮތުން 1444 ޒުލްޙިއްޖާ މަހުގެ 29 ވަނަ ދުވަހެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން އެދުވަހުގެ އިޝާ ދަމާދަށްފަހު، މިހާރުގެ އުރަކޮޅު ބާލައި، އައު އުރަކޮޅު އަރުވާނެއެވެ.

 

Image

 

ޢަރަބި ބަހުން ގެފުޅުގެ އުރަކޮޅަށް ކިޔަނީ، ކިޝްވާއެވެ.

 

މައްކާ: އޮގަސްޓް 10، 2019: ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތް ކުރަނީ: ކޮންމެ އަހަރެއްގެ ވެސް ހައްޖު ދުވަހު ބަދަލު ކުރާ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ތައްޔާރު ކުރަން 5.8 މިލިއަން ޑޮލަރު ހޭދަކުރޭ. ގެފުޅުގެ އުރަކޮޅު ހަދަން 700 ކިލޯގެ ސިލްކް ބޭނުންކޮށްފައިވޭ. އަދި އުރަކޮޅުގައި ހިމެނޭ ރަނާއި ރިހީގެ ރޮދީގެ ބަރުދަނުގައި 120 ކިލޯ ހުރޭ. -- ފޮޓޯ:އޭއެފްޕީ

 

ކޮންމެ އަހަރެއްގެ ވެސް ހައްޖު ދުވަހާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ބަދަލުކުރަމުންދެއެވެ. މިކަމަށް ޚާއްސަ ޓީމަކުން މިހާރުވެސް ގެންދަވަނީ އުރަކޮޅު ބަދަލުކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުވަމުންނެވެ.

ގެފުޅުގެ އުރަކޮޅުގައި ގެފުޅުގެ ހަތަރު ފަރާތުގައި ހަރުކުރާ ހަތަރު ގަނޑު ފޮއްޗާއި، ގެފުޅުގެ ދޮރުކޮޅުގައި ހަރުުކުރާ ފަރުދާއެވެ.

ގެފުޅުގެ އުރަކޮޅު ބަދަލު ކުރާއިރު ކޮންމެ ފަރާތަކުން ވެސް ވަކި ފޮތިގަނޑެއް ގެފުޅުގެ މައްޗަށް އަރުވައެވެ. އެއަށްފަހު، މަތީ ކައިރީގައި ހަރުކުރުމަށްފަހު، އުރަކޮޅު މަތިން ވައްޓާލައެވެ.

 

މައްކާ: އޮގަސްޓް 10، 2019: ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތް ކުރަނީ: ކޮންމެ އަހަރެއްގެ ވެސް ހައްޖު ދުވަހު ބަދަލު ކުރާ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ތައްޔާރު ކުރަން 5.8 މިލިއަން ޑޮލަރު ހޭދަކުރޭ. ގެފުޅުގެ އުރަކޮޅު ހަދަން 700 ކިލޯގެ ސިލްކް ބޭނުންކޮށްފައިވޭ. އަދި އުރަކޮޅުގައި ހިމެނޭ ރަނާއި ރިހީގެ ރޮދީގެ ބަރުދަނުގައި 120 ކިލޯ ހުރޭ. -- ފޮޓޯ:އޭއެފްޕީ

 

ހަތަރުފަރާތުން އުރަކޮޅު ވައްޓާލުމަށްފަހު ހަތަރު ފަރާތުގެ ފޮތިގަނޑު އެއް ފޮތިގަނޑު އަނެއް ފޮތިގަނޑާ ގުޅާލަނީ ތިނޯހުން ފަހައިގެންނެވެ. ގެފުޅުގެ އުރަކޮޅު ހެދުމާއި އެރުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެލައްވާނީ، އެކަމަށް ޚާއްޞަ ފަންނީ މަސައްކަތްތެރީންނެވެ.

 

މައްކާ: އޮގަސްޓް 10، 2019: ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތް ކުރަނީ: ކޮންމެ އަހަރެއްގެ ވެސް ހައްޖު ދުވަހު ބަދަލު ކުރާ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ތައްޔާރު ކުރަން 5.8 މިލިއަން ޑޮލަރު ހޭދަކުރޭ. ގެފުޅުގެ އުރަކޮޅު ހަދަން 700 ކިލޯގެ ސިލްކް ބޭނުންކޮށްފައިވޭ. އަދި އުރަކޮޅުގައި ހިމެނޭ ރަނާއި ރިހީގެ ރޮދީގެ ބަރުދަނުގައި 120 ކިލޯ ހުރޭ. -- ފޮޓޯ:އޭއެފްޕީ

 

ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރުމަށް 670 ކިލޯގެ މޮޅު ފަށުވި އާއި 120 ކިލޯގެ ރަން ބަރަންޏާއި، 100 ކިލޯގެ ރިހި ބަރަނި ބޭނުން ކުރާ ކަމަށް މަޢުލޫމާތު ލިބެއެވެ.

 

މައްކާ: އޮގަސްޓް 10، 2019: ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތް ކުރަނީ: ކޮންމެ އަހަރެއްގެ ވެސް ހައްޖު ދުވަހު ބަދަލު ކުރާ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ތައްޔާރު ކުރަން 5.8 މިލިއަން ޑޮލަރު ހޭދަކުރޭ. ގެފުޅުގެ އުރަކޮޅު ހަދަން 700 ކިލޯގެ ސިލްކް ބޭނުންކޮށްފައިވޭ. އަދި އުރަކޮޅުގައި ހިމެނޭ ރަނާއި ރިހީގެ ރޮދީގެ ބަރުދަނުގައި 120 ކިލޯ ހުރޭ. -- ފޮޓޯ:އޭއެފްޕީ

 

މިފަހަރު އައު އުރަކޮޅު މިއަރުވަނީ ޙައްޖު މޫސުން ނިމުމުންނެވެ. އެހެންނަމަވެސް އާންމުކޮށް ބަދަލުކުރަމުން އައިސްފައިވަނީ ޙައްޖުގެ އަޅުކަން ކުރާ ދުވަސްވަރުއެވެ. އެދުވަސްވަރު އުރަކޮޅު އަޅުވާނަމަ، އައުރަކޮޅު ބަދަލުކުރުމަށްފަހު ހައްޖުގެ އަޅުކަން ނިމެންދެން އުރަކޮޅު ވަކިހިސާބަކަށް ބަހައްޓައެވެ. މީގެ ބޭނުމަކީ ހައްޖުވެރިން ތަވާފުގެ އަޅުކަން އަދާކުރާއިރު، އުރަކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމެވެ. އަދި ކިސްވާގެ ތިރީ ކައިރީގައި ޙައްޖުވެރިންގެ އިޙުރާމު ސިފަވާ ގޮތަށް ހުދު ފޮތި ގަނޑެއް ވެސް ދަމައެވެ.

މައްކާ: އޮގަސްޓް 10، 2019: ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތް ކުރަނީ: ކޮންމެ އަހަރެއްގެ ވެސް ހައްޖު ދުވަހު ބަދަލު ކުރާ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ތައްޔާރު ކުރަން 5.8 މިލިއަން ޑޮލަރު ހޭދަކުރޭ. ގެފުޅުގެ އުރަކޮޅު ހަދަން 700 ކިލޯގެ ސިލްކް ބޭނުންކޮށްފައިވޭ. އަދި އުރަކޮޅުގައި ހިމެނޭ ރަނާއި ރިހީގެ ރޮދީގެ ބަރުދަނުގައި 120 ކިލޯ ހުރޭ. -- ފޮޓޯ:އޭއެފްޕީ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު