18 ޖަނަވަރީ 2025

ކޮޅުފުށީ މޫދުގައި ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

މުލަކަތޮޅު ކޮޅުފުށީ މޫދުގައި ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ކަށަވަރުކޮށްދީފިއެވެ.

މަރުވެފައިވަނީ އެއް އަހަރުގެ ފިރިހެން ކުއްޖެއްކަމަށާއި، އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށާއި އެ މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 11:38 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދަނިކޮށް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު