29 އެޕްރީލް 2025

މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް!

މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ.

މިއަދު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް ވަނީ އަރާފައެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައިވާއިރު، އެއް މިލިއަން ވަނަ ފަތުރުވެރިއަކަށް ވެފައިވަނީ ބްރިޓިޝް އެއަރވޭސް އިން ރާއްޖެ އައި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އެންޓޮން ޕަވްލޮވްއެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ.

އިނގިރޭސި ވިލާތުގެ ރައްޔިތެއްކަމަށްވާ ޕަވްލޮވް ރާއްޖެއާއި އަނބިމީހާ އާއި ދަރިފުޅާއެކު ޗުއްޓީ ހޭދަކޮށްލުމަށާއި އެ އާއިލާ ޗުއްޓީ ހޭދަކުރާނީ ބ. އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓުގައި، ހަފުތާއެއްގައި ކަމަށް އޭނާ ބުންޏެވެ.

މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށްވެފައި، މި ދަތުރުގައި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެގެންދިއުމުން އުފާވާ ކަމަށާއި ދިވެހިންގެ މެހެމާންދާރީއަށް ޝުކުރު އަދާކުރާ ކަމަށް އޭނާ ބުންޏެވެ.

އޭނާއަށް މަރުޙަބާކިޔުމަށް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ޓައްޔިބު މުޙައްމަދު އާއި އެމްއެސީއެލް އަދި އިމިގްރޭޝަނުގެ އިސް ބައެއް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިމިގްރޭޝަނުން ވަނީ އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް ބޯޑަރ މައިލްސްގެ "އައިދަ" ދަރަޖަ އަރުވާފައެވެ.  ހަމައެހެންމެ، ތަފާތު އެކި ހަދިޔާތައް ވެސް އޭނާއަށް ދީފައިވެއެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ އެއް މިލިއަން ފަތުރުވެރިޔާއާއެކު މިއަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިންގެ ޓާގެޓަށް ދިއުމުގެ މަގު ތަނަވަސްވެފައިވާ ކަމަށާއި، މިއަހަރު ފަތުރުވެރިންގެ އަދަދު ގުނި ނަމަވެސް ސަރުކާރުން ސަމާލުކަން ދެނީ ފަތުރުވެރިކަމުން ދައުލަތަށް އަދި ރައްޔިތުންނަށް ލިބޭ މަންފާގެ މައްޗަށް ކަމަށާއި މިއަހަރު ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު