7 ފެބުރުވަރީ 2025

ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މި އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލާފިއެވެ.

ރީ-ރަޖިސްޓްރީވުމަށް މިފަހަރު ހުޅުވާލައިފާ ވަނީ އޮންލައިކޮށާއި، ފޯމު ހުށަހަޅާއިގެން ކަމަށާއި، މިއީ ރިޔާސީ އިންތިޚާބެއްގައި އޮން-ލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރަތަމަ ފަހަރު ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލައިފާވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހަށް ކަމަށް އީސީއިން މަޢުލޫމާތު ދެއްވައެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަންޖެހޭނީ އެކަމަށް ތައްޔާރުކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށްވެސް އެ އިދާރާއިން ހާމަކުރައްވައެވެ.

މިއަދު ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފައިވަނީ، 2020 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށްރަށުން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް، އަލުން ރީ-ރަޖިސްޓްރީވާން ނުޖެހޭ ގޮތަށެވެ. އެހެންނަމަވެސް، މާލޭގައި އުޅޭ މީހުން އެހެން ރަށެއްގައި ވޯޓުލުމަށް ބޭނުންވާނަމަ ރީރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް އީސީއިން ވިދާޅުވެއެވެ.

މި މަހުގެ 31 ވަނަ ދުވަހަށްފަހު، ރީރަޖިސްޓްރީ ވެވޭނީ ހަމަ ކުރިއެކޭވެސް އެއްގޮތަށް ފޯމު ހުށަހަޅާއިގެން ކަމަށާއި، އެގޮތުން މާލޭގައި، އިންތިޚާބައި ބެހޭ މައި މަރުކަޒު ދަރުބާރުގެއަށް ފޯމު ހުށަހެޅޭއިރު، ރަށްރަށުގައި ނަމަ އެ ރަށެއްގައި ހުރި އިލެކްޝަންސް ކޮމިޝަންގެ ފޯކަލް ޕޮއިންޓަށް ފޯމު ހުށަހެޅޭނެ ކަމަށާއި، އަދި ފޯމު ހުށަހަޅާއިގެން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އޮގަސްޓް 5 އަކާއި ހަމައަށް ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު