7 ފެބުރުވަރީ 2025

ތި ސަކަރާތް ޖަހަން ހައްދަވައިފިއްޔާ އަޅުގަނޑުމެން މާ ވަރުގަދަވާނެ: އިމްރާން

"ތި ސަކަރާތް ޖަހަން ހައްދަވައިފިއްޔާ އަޅުގަނޑުމެން މާ ވަރުގަދަވާނެ" ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް ރޭ ދެއްވަައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު މުލަކަތޮޅު ދިއްގަރަށް ވަޑައިގެންނެވި ވަގުތު މުޒާހަރާކުރި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

"ޑިމޮކްރެޓްސް ބޭފުޅުން ކަމަށް ވިޔަސް، ޕީޕީއެމް ބޭފުޅުން ކަމަށް ވިޔަސް އެނޫން ޕާޓީއެއްގެ ބޭފުޅުން ކަމަށް ވިޔަސް އަޅުގަނޑުމެން ރަށްރަށަށް އަރާއިރުގައި ތި ސަކަރާތް ޖަހަން ދެން ނުހަދާ. ހުރިހާ ރަށަކުން. ތި ސަކަރާތް ޖަހަން ހައްދަވައިފިއްޔާ އަޅުގަނޑުމެން މާ ވަރުގަދަވާނެ،"

އިމްރާން ވިދާޅުވިއެވެ.

ރައީސް ޞާލިހު މ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި އިއްޔެ ހަވީރު ދިއްގަރަށް ވަޑައިގެންނެވި ވަގުތު މުޒާހަރާކޮށްފައިވެއެވެ. އެ މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ދިއްގަރުގެ އިތުރުން ރައީސް ސޯލިހު ވަޑައިގެންނެވި ބައެއް ރަށްރަށުން އެ މަނިކުފާނާ ދެކޮޅަށް މަދު ބަޔަކު ނުކުމެ އަޑުއުފުލަމުން ގޮސްފައިވެއެވެ.

"ސިޔާސީ ހަރަކާތް ހިންގަން ރާއްޖެ ތަސައްރަފު ފުދިފަ މި އޮތީ. ޑިމޮކްރަސީއަށް ފައްކާވެފައި މި އޮތީ. މިއަދުގެ ހާލަތުގައި ސިޔާސަތު ވިއްކައިގެން، ތިމަންނަމެން ރައްޔިތުންނަށް ބުނެދީގެން، އަމަލީ ގޮތުން ސާބިތިކޮށްދީގެން މިއަދު ސިޔާސީ ހަރަކާތް ކުރިއަށް ގެންދާނީ،"

އިމްރާން ވިދާޅުވިއެވެ.

ދިއްގަރު ޖަލްސާގައި އިމްރާން ވިދާޅުވީ މިއަދު ހަވީރު އެ ރަށުގައި ކުރި މުޒާހަރާއަކީ ދެހާހުގެ ކުރީކޮޅު ފެނުނު ފަދަ މަންޒަރެއް ކަމަށާއި، އޭރު ސިޔާސީ ހަރަކާތްތަކުގައި ގަޔަތް ބޮލަށް އަތްލައި، ވެލި އުކައި ފެންޖަހައި ހެދި ކަމަށާއި އެކަން މާޒީވެ ގޮސްފައިވާ ކަމަށާއި، އެކަން އެގޮތަށް ކުރާން ޖާގަ ނުދޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މި ދެން އަޅެ ކާކު އިންޒާރުދޭން؟!!! ކަލޯ ތީ ކުރެއް. ކޮންމެ ކުރަކީ ހެވެއް ނޫނީ މުނާފިގެއް! މިއޮތީ އޭގެ މުނާފިގާ ލައްވާލައިފައި.

    ކޮސްފަހަރިބޭއަކީ ޖާރިޔާއިން ހޯދުމަަށާއި އުރަމަތިހިފަން ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މުސާރަފުޅުގެ ބޭޏުމުގައި އުޅޭ ޖާހިލެއް. މީނާގެ މި ނުބައި މުޑުދާރު އަމަލު ހިމެނޭ މަސައްކަތް ވެސް މީނަ މި އެއްވަރު ކުރަނީ ރަސޫލާ ދީނަށް ގޮވައިލެއްވުމަށް ކުރެއްވި މަސައްކަތްޕުޅާ. އަދި ދޮގު ހަދިީސްތައް މިކިޔަނީ މީސްތަކުންނަށް އޮޅުވާލަން. މިއަށްވުރެ ޖާހިލު އިންސާނެއް އަޅެފަހެ ކޮބައި.؟؟ މީހާގެ އެދުންވެރިކަން ސިކުޑިއަށް އަރައިގެން އުޅުނަސް ޖާރިޔާއިންނާ އުރަމަތިހިފުމަށް ބޭނުންވާ ފައިސާގެ ދޮރު ރިޔާސީ އިންތިހާބާއެކު ބަންދުވާހެން ތިމާއަށް ހީވިޔަސް މިވަރުވާކަށް ނުވާނެދޯ!!!
    ކަލޯ ތި ފަދަ ޖާހިލުންނާ ނުކިޔަވާ ސޮރުމެންނަށް ދެނެއް ވެރިކަމެއް ނުލިބޭނެ! އެއްވެ ތި ތިބީ 4 ވަރުގަދަ ޖާހިލުން. އެކަކީ ހޮޑާދޫ ޖާހިލު. އަނެކަކީ މެޑަމްފާތުންނަށް ސުވަރުގެ މިލްކުކޮށްދިން ޖާހިލު. ދެން ހުރީ ޖާހިލުންގެ ތެރެއިން އަރާހުރި ޖާހިލާ ނުކިޔަވާ ސޮރު!! ތި 4 ޖާހިލުންގެ ހަގީގަތް ރައްޔިތުންނަށ ްމިއަދު ވަރަށް ސާފު!

  2. ތި ސަކަރާތް ޖަހަން ހައްދަވައިފިއްޔާ އަޅުގަނޑުމެން މާ ވަރުގަދަވާނެ" ކާލޭ ހަދާން ކުރާތި ފެންވަރެއް ނެތަސް ހައްގު ނުވިޔަސް ކަލޭ ތިހުރީ ހޯމް މިނިސްޓަރުކަމުގަ. ހުރެގެން ރައްޔިތުންނަށް އިންޒާރު ތި ދެނީ ބަނޑުމުސާރަށް ބައްދައިގެން ވެސް ގަދަވާނަމޭ. ބާރު އެބަ އޮތޭ. ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ މުޒާހަރާ ކުރުމުގެ ހައްގެއް ނެތޭ. ހަމަ އަނިޔާއޭ ކުރާނީ.

    ކަލޭ ތީ ދައްޖާލެއް! ކަލޭ ބަލިކޮށްފަ ޖަލަށްލާފަ ނޫނީ އަހަރެމެން ލޮލުފިޔަވެސް ނުޖަހާނަން. ކަލެއަށް މިކަން އެގޭތީ ތި ތެޅިފޮޅެނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު