ނާޒިމްގެ ވެރިކަމެއްގައި މާލެ-ހުޅުމާލެ ރޭލުން ގުޅާލަނީ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސަރުކާރެއްގައި މާލެ އާއި ހުޅުމާލެ މޮނޮރެއިލްގެ ނިޒާމުން ގުޅާލާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓިވީން ގެނެސްދިން އެމްއެންޕީގެ "އާސްކް ނާޒިމް" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި މާލެއިން ފެށިގެން ހުޅުމާލެއަށް މޮނޮރެއިލްގެ ނިޒާމަކުން ގުޅާލާނެ ކަމަށެވެ.

"މޮނޮރެއިލްގެ ނިޒާމަކުން ގުޅާނަން. ހަމަ އެއާއެކީގަ މާލެއިން ހުޅުމާލެ، މާލެއިން އެއާޕޯޓަށް، އެއާޕޯޓުން މާލެއަށް ދެވޭނެ. އެހެންމެ ރޭލު ސާވިސް ތަހުޒީބީ ޒަމާނުގެ ފެންވަރުގަ ހަމަޖައްސާނަން"

ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެކަން ކުރެވުމުން ވަރަށް ގިނަ ކަންކަން ހައްލުވެގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން ތޮއްޖެހުން ނިމުމަކަށް އައިސް ރައްޔިތުންނަށް އަރާމުގައި ދަތުރު ކުރެވި، ބޮލުގައި ރިހުން ފިލައިގެންދާނެ ކަމަށެވެ.

އެމަނިކުފާނު ވެރިކަމަށް ކުރިމަތި ލައިގެން ހުންނެވީ ވަރަށް ކެރިގެން ކަމަށާއި، ވެރިކަމަށް ކުރިމަތިލަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން ކަމަށް ވިދާޅުވެ، އެމްއެންޕީގެ ވެރިކަމެއްގައި ދަތުރުފަތުރުގެ އަގު ހެޔޮކޮށްދީ، ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ބަހުގެ ހިދުމަތްތައް ވެސް ގާއިމު ކުރައްވާނެ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ